ހެކި ނެތް ކަމަށް ބުނެ ކޯޓުން ދޫކޮށްލި މީހަކީ މީގެ ކުރިން އެކިއެކި މައްސަލަތަކުގައި 100 އަށްވުރެ ގިނަ ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަހު، މި މީހާ ކޯޓަށް ހާޒިރު ކުރުމުން ދޫކޮށްލީ އެއްވެސް ޝަރުތެއް ނެތި އެވެ.
ފޭރުމުގެ ތުހުމަތު ކުރެވުނު މި މީހާ އެއްވެސް ޝަރުތެއް ނެތި ދޫކޮށްލިނަމަވެސް، އޭނާ ހައްޔަރު ކޮށްފައިވަނީ ރަނގަޅަށް ކަމަށް ކޯޓުންވަނީ ކަނޑައަޅާފަ އެވެ.