ads
ހުވަން ލޯންޗު ދިޔަވުމާ ގުޅިގެން ކަނޑުވެފައި ތިބި މީހުން: ސަލާމަތްކުރި މީހުންގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނޭ -- ފޮޓޯ: ފުލުހުން
ލޯންޗެއް ދިޔަވެ، ކަނޑުވި 44 މީހުންނާއި 4 ކުޑަކުދިން ސަލާމަތްކޮށްފި
މިއަދު ހެނދުނު ދިގުރަށުން މާލެއަށް ދަތުރު ކުރި ލޯންޗެއް ދިޔަވެ، އޭގެން ދަތުރުކުރި 45 ފަސިންޖަރުންނާޢި ތިން ފާޅުވެރިން ކަނޑުވެ އޮޔާ ދަނިކޮށް ފުލުހުން އެމީހުން ސަލާމަތް ކޮށްފި އެވެ.
Advertisement

ފުލުހުން ބުނީ މިއަދު ހެނދުނު 7:57 ހާއިރު އދ. ދިގުރަށުން މާލެއަށް ދަތުރުކުރި "ހުވަން" ނަމަކަށް ކިޔާ ލޯންޗެއް އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުނުއިރު، ލޯންޗްގައި ތިބީ ލޯންޗުގެ ތިން ކްރޫއިންނާއި 45 ޕަސިންޖަރުންނެވެ.

ފުލުހުންނަށް ދެވުނު އިރު އެ މީހުން ތިބީ ކަނޑުމަތީގަ އެވެ. ފުލުހުން އާއްމު ކުރި ފޮޓޯތަކަށް ބަލާއިރު އެންމެން ވެސް ތިބީ ލައިފް ޖެކެޓް އަޅައިގެންނެވެ. 

ފުލުހުން ބުނީ ކަނޑުވި އެންމެން ވެސް ސަލާމަތްކޮށް، މިހާރު ދިގު ރަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ ފުރިހަމަ ތަހުގީގެއް ކުރަމުން އަންނަ ކަމަށެވެ.

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މި ވަގުތު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ. އެއީ، ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށެވެ.

މެޓުން ވަނީ ކަނޑު ދަތުރު ކުރުމުގައި ސަމާލުވާން އިލްތިމާސް ވެސް ކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް