
އެމްއެންޑީއެފުން ބުނީ، "ސުވެނިއާ 34" ނަމަކަށް ކިޔާ އެ ލޯންޗު ދިޔަވާން ފެށީ ލޯންޗު ފަޅައިގެން ގޮސްގެން ކަމަށެވެ.
އެ ލޯންޗުގައި 38 މީހުން ތިބި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އޭގެތެރޭގައި 34 ފަތުރުވެރިންނާއި ހަތަރު ކުރޫއިން ހިމެނެއެވެ.
އެ ލޯންޗު ދިޔަވާތީ މާލެ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މުސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު މެންދުރު 12:30 އިން ހަވީރު 5:30އަށް ވައިޓް އެލާޓް ނެެރެފައިވެ އެވެ.
ތިލަފުށީ ކައިރިން ލޯންޗެއް ދިޔަވަމުންދާއިރު، މިއަދު އދ. ދިގުރަށުން ޓޫރިސްޓުންނާ އެކު ދަތުރު ކުރި ލޯންޗެއް ވެސް ދިޔަވެ، އަޑިއަށް ގޮސްފައިވެ އެވެ. އެ ލޯންޗުގައި 45 ޓޫރިސްޓުން ހިމެނޭހެން ޖުމްލަ 48 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނެ އެވެ. އެ އެންމެން ވަނީ ސަލާމަތްކޮށްފަ އެވެ.