
މިގޮތުން މިއަދު ކަށުނަމާދު ޕޭޖުގައި ވާގޮތުން ގދ ފިޔޯރީއަށް ނިސްބަތްވާ، 30 އަހަރުގެ އާލިމާ މޫސާ، އާއި، މ. ކޮޅުފުއްޓަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ އާއި، މާލޭ މއ ފޯވިންގްސް އަށް ނިސްބަތްވާ ޝާނިހް އަލީ ވަނީ ނިޔާވެފައެވެ.
މި މަރު ތަކާއެކު ބައެއް މީހުން އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއީ އެހާ ޒުވާން އުމުރަގައި ގިނަބަޔަކު ރާއްޖޭގައި ކުއްލި ގޮތަކަށް މަރުވަމުން އަންނާތީއެވެ.
މިގޮތުން ޓީވީއެމްގެ މަޝްހޫރު ޕްރެޒެންޓަރު މޫސާ ރިލުވާން މިއަދު ސޯޝަލް މީޑިއާގައި މި ތިން ޕޯސްޓު ޝެއާކޮށް ކަންބޮޑުވުން ފާޅުކުރަމުން ބުނެފައިވަނީ، ފާއިތުވީ ހަފްތާގައި ކަށުނަމާދު ޕޭޖުގެ ޕޯސްޓުތަކަށް އެކަނި ވިސްނާލި ނަމަވެސް ހިތުގައި އުފެދޭ ސުވާލުތައް ބައިވަރު އެބަހުރިކަމަށެވެ.
ދެހާސް ބާވިސް ވަނަ އަހަރު، ދިވެހިރާއްޖޭގައި ކުރި ދިރާސާއަކުން ދައްކާގޮތުން މިހާރު ރާއްޖޭގައި އުފަންވާ މީހުންގެ އެވަރެޖު އުމުރު ދިގުމިނަކީ 80.84 އަހަރެވެ. މިއީ 2000 ވަނަ އަހަރާ އަޅާބަލާއިރު ކުރިއެރުމެކެވެ. އެއީ 2000 ވަނަ އަހަރު އެވަރެޖުކޮށް ދިވެއްސެއްގެ އުމުރުގެ ދިގުމިނަކީ 69.8 އަހަރެވެ.
ދިވެހިރާއްޖޭގައި އުމުރު ދިގުވެފައިވަނީ ސިއްހީ ދާއިރާއަށް ކުރެވިފައިވާ އިންވެސްޓްމަންޓްތަކާއި ބޭސްފަރުވާ ލިބެން ހުރުމުގެ ސަބަބުންކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ.