
ކްރިމިނަލް ކޯޓުގެ މައި ދޮރާށި
ޑްރަގު ފަރުވާދޭ މަރުކަޒުން ފިލި ދެ މީހުން ހައްޔަރުކޮށްފި
އަހުމަދު ހަސަން
04 މާރޗް 2025 - 20:29:40
މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުން ފިލި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މަސްތުވާތަކެއްޗަށް ދެވިހިފައި، އެކަމުން ސަލާމަތްވާން ފަރުވާ ދޭ މަރުކަޒުން ފިލި ދެ މީހުން ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށްވެސް ކޯޓުން މިއަދުވަނީ 15 ދުވަސް ޖަހާފަ އެވެ.
މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުން ފިލި ދެ މީހުން
- މުހައްމަދު އަލިމަނިކު / ގ. ސެންޓުގެއާގެ 40 އަހަރު
- މުހައްމަދު ޒަރީރު / ކުރިބޯށިގެ ސ. ހިތަދޫ 37 އަހަރު
މި ދެ މީހުންގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި ދެ މީހުންނަކީވެސް މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކުގެ ރެކޯޑް އޮތް ދެ މީހުންނެވެ. ދެ މީހުންވެސް ފިލާފައިވަނީ ހުޅުމާލޭގައި ހުންނަ ފަރުވާ ދޭ މަރުކަޒުންކަން ބަންދު އަމުރު ރިޕޯޓުން އެނގެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް