ads
ފުލުހުން އަތުލާފައިވާ މަސްތުވާތަކެތި
ދިރުވާލައިގެން ޑްރަގު އެތެރެކުރި ދެ ދިވެހިންނަށް ދައުވާކުރަނީ
ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ ދިވެހިންނަށް ދައުވާކުރަން އަންނަ ހަފްތާގައި ހުށަހެޅޭނެ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.
Advertisement

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ ދިވެހިންނަށް ދައުވާކުރަން އަންނަ ހަފްތާގައި ހުށަހެޅޭނެ ކަމަށް ޕީޖީ އޮފީހުން ބުނިކަން އެނގުނީ، އެ ދެ މީހުންގެ ބަންދު އަމުރުގައި މިއަދު އެކަން ފާހަގަކޮށްފައި އޮތުމުންނެވެ. ދެ މީހުންވެސް ބަންދު މަޖިލީހަށް މިއަދު ކޯޓަށް ގެންދިޔަ އެވެ. 

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހިމެނޭ ދެ ދިވެހިންނަކީ، ނ. މަނަދޫ ޕީކޮކް، އިހްސާން އިސްހާގު އަދި މއ. ސޭބޫ، މުހައްމަދު ފާރިޝް އެވެ. މި ދެ މީހުން ހައްޔަރުކޮށްފައި ތިބޭތާ ދުވަސްކޮޅެއް ވެފައިވާއިރު، އެންމެ ފަހުން ދެ މީހުންގެ ބަންދަށްވެސް ޖެހީ 10 ދުވަހެވެ. މީގެ ކުރިން އެކި ފަހަރު މަތިން މި ދެ މީހުންގެ ބަންދު މުއްދަތު އިތުރު ކުރި އެވެ.  

ދެ މީހުން ދިރުވާލައިގެން ރާއްޖެއަށް އެތެރެކުރި ތަކެތި ހޯދީ އެ ދެ މީހުން އެޑްމިޓްކޮށްފައި ބައިތިއްބައިގެން އެ މީހުން ބޮޑުކަމުދިޔުމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ މީހުންގެ ހަށިގަނޑުން 69000 ގްރާމްގެ މަސްތުވާތަކެތި ފެނުނެވެ.

މި ދެ މީހުންގެ ބޭންކް އެކައުންޓްގެ ޓްރާންސެކްޝަންތައްވެސް ފުލުހުން އަންނަނީ ދިރާސާ ކުރަމުން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. މި ދެ މީހުން ހައްޔަރުކުރުމުގެ ކުރިން ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ބްރެޒިލް މީހަކާ ދިވެއްސެއްވެސް ހައްޔަރުކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް