ads
ސްޓެލްކޯގެ އެމްޑީ ފަހުމީ - ފޮޓޯ:ސްޓެލްކޯ
ބިލު ދައްކަން ލުއިގޮތް ހޯދަން ވެރިންނަށް ގުޅާކަށް ނުޖެހޭނެ: ފަހުމީ
ކަރަންޓު ބިލު ދެއްކުން ދަތިވާ ނަމަ މުއްދަތު އިތުރުކޮށްދޭން އެ ކުންފުނީގައި އެދުމުގެ ފުރުސަތު އަބަދުވެސް ހުޅުވާލާފައިވާކަމަށާއި އެކަމުގައި ވެރިންނަށް ގުޅަން ނުޖެހޭނެކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ ވިދާޅުވެއްޖެއެވެ.
Advertisement

މިމަހު ކައިރީ ކައިރީ ކަރަންޓް ދެ ބިލެއް ފޮނުވުމުން ދީފައިވާ މުއްދަތުތަކުގައި ބިލްތައް ދެއްކުމަކީ ދަތިކަމެއްކަމަށް ބުނެ އާއްމުން އަންނަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާއި ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްޓެލްކޯއަކީ އަބަދުވެސް ކަސްޓަަމަރުންނަށް އެންމެ ލުއި ފަސޭހަގޮތް ހޯދައިދޭން މަސައްކަތްކުރާ ކުންފުންޏެއްކަމަށެވެ. އެގޮތުން ބިލްދެއްކުމަށް ދަތިވާ ފަރާތްތަކަށްވެސް ލުއި ގޮތްތައް އަބަދުވެސް އޮންނާނެކަމަށާއި އެކަމުގައި ވެރިންނަށް ގުޅަންވެސް ނުޖެހޭނެކަމަށެވެ. 

" ބިލްދެއްކުމަށް ދަތިވާ ފަރާތްތަކަށްވެސް ލުއި ގޮތްތައް އަބަދުވެސް އޮންނާނެ. އެގޮތުން ސްޓެލްކޯ ވެބްސައިޓް https://stelco.com.mv/rpex މެދުވެރިކޮށް ޕޭމަންޓް އެކްސްޓެންޝަނަށް އެދުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވާނީ ހުޅުވާލެވިފައި. މިކަމުގައި އަޅުގަނޑަށް ނުވަތަ ސްޓެލްކޯގެ އެއްވެސް ވެރިއަކަށް ގުޅާކަށް ނުޖެހޭނެ." ފަހުމީ އެކްސްގައި ކުރެއްވި ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ސްޓެލްކޯއަކީ ކަސްޓަމަރުންނާއި ގާތުން މަސައްކަތް ކުރާ ގައުމަށް އިހުލާސްތެރި އަދި މަސައްކަތުގެ އަހުލާގާއި ސުލޫކު ހިފަހައްޓައިގެން މަސައްކަތް ކުރާ މުވައްޒަފުންތަކެއް ތިބި ކުންފުންޏެއްކަމަށެވެ. 

" މި ކުންފުންޏަކުން ރައްޔިތުންނަށް އޮޅުވައެއް ނުލާނެ. އޮޅުވާލާނެ އެއްޗެއްވެސް ނޯންނާނެ. ސްޓެލްކޯއިން މަސައްކަތް ކުރާނީ އަބަދުވެސް އިހުލާސްތެރިކަމާއެކު. އަދި ސްޓެލްކޯއަކީ އަބަދުވެސް ކަސްޓަަމަރުންނަށް އެންމެ ލުއި ފަސޭހަގޮތް ހޯދައިދޭން މަސައްކަތްކުރާ ކުންފުންޏެއް." ފަހުމީ ވިދާޅުވިއެވެ.

ކައިރީކައިރީ ދެ ބިލެއް ފޮނުވީ ކަސްޓަމަރުންގެ ފައިދާއަށްޓަކައި ކަމަށާއި ސްޓެލްކޯއިން އެއްވެސް ކަމެއް ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންއަރުވާކަމަށްވެސް ފަހުމީ ވަނީ ވިދާޅުވެފައެވެ. 

ފަހުމީ ވިދާޅުވީ ކަސްޓަމަރުންނަށް ކުރިމަތިވެދާނެ މާލީ ދަތިކަން ފިލުވުމަށްޓަކައި ޖޫރިމަނާ ނާރާގޮތަށް މިހާރު ފޮނުވާފައިވާ ބިލް ދެއްކުމަށް ވަނީ 30 ދުވަހުގެ މުހުލަތެއްވެސް ދީފައިކަމަށެވެ. މީގެއިތުރުން ފެބްރުއަރީގެ ބިލް ފޮނުވުމުގެ މަގުސަދު ތަކުގެ ތެރޭގައި ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން އެއް ބިލެެއްގެ ގޮތުގައި މުޅި ރޯދަ މަހުގެ ޔޫސޭޖަށް ބިލެއް ތައްޔާރުކޮށް، ސަރުކާރުން ދޭން ނިންމާފައިވާ ޑިސްކައުންޓް އެ ބިލްގައި ހިމެނުންވެސް ހިމެނޭކަން ފަހުމީ ވަނީ ފާހަގަކުރައްވާފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް