ads
ކްރިމިނަލް ކޯޓުގެ މައި ދޮރާށި
އޮރިޔާން ކާޑު އުފެއްދި ދިވެއްސަކު ޖަލަށް
އޮރިޔާން ކާޑު އުފެއްދި ދިވެހި ފިރިހެނަކު ޖަލަށްލާން ހުކުމްކޮށްފި އެވެ.
Advertisement

ރާއްޖޭގެ އެންމެ އުތުރުގެ ރަށަކަށް ނިސްބަތްވާ މި މީހާގެ މައްޗަށް މިދިޔަ ހަފްތާގައި އިއްވާފައިވަނީ ގާތްގަނޑަކަށް ދޮޅު އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. މި މައްސަލައަކީ، ކުޑަ ކުއްޖެއްވެސް ހިމެނޭ މައްސަލައަކަށްވާތީ، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް އާއްމުކޮށް ޝާއިއު ނުކުރެ އެވެ.

މި މައްސަލައިގައި ލިބިފައިވާ މައުލޫމާތުތަކުގެ ތެރޭގައި ރާއްޖޭގެ އެންމެ އުތުރުގެ ރަށަކަށް ނިސްބަތްވާ މި މީހާގެ މައްޗަށް އުފުލީ، ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއާއި އޮރިޔާން ކާޑު އުފައްދައި ގެންގުޅުމުގެ ކުށުގެ ދައުވާކަން އެނގެ އެވެ. މި މައްސަލައަކީ މީގެ ކުރިން ހައިކޯޓާ ހިސާބަށްވެސް ދިޔަ މައްސަލައެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. ކުރިން މި މީހާގެ މައްޗަށް ކުށް ސާބިތުނުވެ، މައްސަލަ ނިމުމުން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުންވަނީ އެ މައްސަލަ އަލުން ބަލަން އަންގާފަ އެވެ.

މި މައްސަލައިގައި ހިމެނޭ މީހާ، ޝަރީއަތުގައި ކުށަށް އިންކާރުކޮށްފައިވާ ކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ. އެހެންކަމުން މި މައްސަލަ ސާބިތުވެފައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކުގެ އަލީގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް