ads
އޫކްލާ ސްޕީޑް ޓެސްޓްގެ ފަރާތުން ދޭ "ފާސްޓެސްޓް 5ޖީ ނެޓްވޯކް އިން މޯލްޑިވްސް" އެވޯޑު Q3-Q4 2024 އަށް ދިރާގަށް ލިބުން
ރާއްޖޭގެ އެންމެ ހަލުވި 5ޖީ ނެޓްވޯކް އެވޯޑު ދިރާގަށް ތިން ވަނަ ފަހަރަށް ލިބިއްޖެ
އޫކްލާ ސްޕީޑް ޓެސްޓްގެ ފަރާތުން ދޭ "ފާސްޓެސްޓް 5ޖީ ނެޓްވޯކް އިން މޯލްޑިވްސް" އެވޯޑު Q3-Q4 2024 އަށް ދިރާގަށް ލިބިއްޖެއެވެ.
Advertisement

މި އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބޭއްވުނީ ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދާ މޯބައިލް ވޯލްޑް ކޮންގްރެސް 2025 ގައެވެ. މި ކޮންގްރެސްއަކީ މޯބައިލް ޓެކްނޮލޮޖީގެ އެންމެ ޒަމާނީ ކުރިއެރުންތައް ދައްކުވައިދޭ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޕްލެޓްފޯމެވެ.

ދިރާގުގެ ފަރާތުން މި އެވޯޑާ ހަވާލުވެފައިވަނީ އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިސްމާއީލް ރަޝީދު އަދި ޗީފް ޓެކްނޮލޮޖީ އެންޑް އިންފޮމޭޝަން އޮފިސަރު، މުހައްމަދު މުސްއަދުއެވެ. މި ކާމިޔާބީއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ސީއީއޯ ވިދާޅުވީ އެންމެ ފެންވަރު ރަނގަޅު ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މި އެވޯޑު ލިބުމަކީ ދިރާގަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

މިގޮތުން 2019 ވަނަ އަހަރު ދިރާގަކީ ސައުތު އޭޝިއާ އަދި ރާއްޖޭގައި 5ޖީ ހިދުމަތް ތައާރަފްކުރި ފުރަތަމަ ސާވިސް ޕްރޮވައިޑަރއެވެ. މިހާރު ދިރާގުން ވަނީ ރާއްޖޭގެ އާބާދީގެ 60 ޕަސަންޓަށް ދިރާގުގެ ހަލުވި 5ޖީ ނެޓްވޯކް ފޯރުކޮށްދީފައެވެ. ދިރާގުގެ އަލްޓްރާ-ފާސްޓް 5ޖީއާއެކު، ފަރުދުންނާއި ވިޔަފާރިތަކަށް މަސައްކަތްތައް ފަސޭހަވެގެން ގޮސް، ކުރިއެރުމަށް އެހީތެރިވެގެންދާނެ ކަމަށް ސީ.އީ.އޯ އިތުރަށް ވިދާޅުވިއެވެ.

އޫކްލާއަކީ ނެޓްވޯކް ޓެސްޓިން އެޕްލިކޭޝަންތަކާއި ޑޭޓާ އަދި އެނަލިސިސްގެ ދާއިރާގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ އެންމެ ކުރީގައި ހަރަކާތްތެރިވާ ފަރާތެކެވެ. އޫކްލާގެ ފްލެގްޝިޕް ނެޓްވޯކް ޓެސްޓިންގ ޕްލެޓްފޯމް ކަމަށްވާ ސްޕީޑްޓެސްޓުން ކޮންމެ ދުވަހަކުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ނެޓްވޯކްތަކުގެ ޕާފޯމަންސްއާއި ކޮލިޓީއާ ބެހޭ އެތައް ސަތޭކަ މިލިއަން މައުލޫމާތެއް އެއްކުރެއެވެ.

ދިރާގުން ވަނީ މީގެ ކުރިންވެސް އޫކްލާއިން ދޭ "މޯލްޑިވްސް ފާސްޓަސްޓް ނެޓްވޯކް" އެވޯޑް ވިދިވިދިގެން 3 އަހަރު ހޯދައި ރާއްޖޭގެ އެންމެ ހަލުވި ނެޓްވޯކްގެ ގޮތުގައި ވެގެން ގޮސްފައެވެ. މުއާސަލާތީ ހިދުމަތްތަކާއި ޑިޖިޓަލް ސޮލިއުޝަންސް ފޯރުކޮށްދިނުމުގައި ރާއްޖޭގެ އެންމެ ކުރީގައި އޮތް ކުންފުނި ކަމުގައިވާ ދިރާގުން ދަނީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ އެއް ހަމައެއްގައި ތިބުމަށް ކަސްޓަމަރުން ބާރުވެރިކުރުމަށް އެންމެ ފަހުގެ ހިދުމަތްތައް ދުނިޔޭގެ ފެންވަރުގައި ފޯރުކޮށްދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް