
މިއަދު ހިނގި އެކްސިޑެންޓް
ކޮންޓްރޯލްނުވެ ކާރު ގޮސް ތާށިވީ ތޮށިގަނޑާ ރުކަކާއި ދޭތެރޭ
މުހައްމަދު އާދަމް އަހްމަދު
05 މާރޗް 2025 - 14:17:41
މާލޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ހުރަސް ތޮށީގައި ޖެހިއްޖެއެވެ.
މެންދުރު ހިނގި މި އެކްސިޑެންޓް ހިނގައިފައިވަނީ ދަރުމަންވަންތަ ހޮސްޕިޓަލް ކުރިމަތިން ބޮޑުތަކުރުފާނު މަގުގައެވެ. އެ ސަރަހައްދުން މަންޒަރު ދުށް މީހުން ބުނީ ކާރު ކޮންޓްރޯލް ނުވެ މަތަވީ ތޮށިގަނޑާއި އެ ދިމާލުގައި ހުރި ރުކަކާއި ދޭތެރެއަށް ވަދެ ތާށިވުމުންނެވެ.
މި ހާދިސާގައި މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.
ކާރު ތާށިވެ ދޭތެރެއިން ނެރުނީ ފުލުހުން އައިސް ފުލުހުންގެ ފޯކް ލިފްޓް ބޭނުންކޮށްގެންނެވެ.
މި އެކްސިޑެންޓާއި ގުޅޭ ގޮތުން ފުލުހުން އަދި ތަފްސީލެއް ނުދެއެވެ
29%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
43%
ވަރަށް ސަލާމް
ކޮމެންޓްސް