ads
ނ. އަތޮޅުގައި ބޭނުންކުރާ އާރުޓީއެލް ފެރީ
ހުރިހާ އަތޮޅަކަށް އާރުޓީއެލް ފެރީ ހިދުމަތް މިއަހަރު ތެރޭގައި ދިނުމަށް އަމާޒުހިފައިފި
ރާއްޖޭގެ ހުރިހާ އަތޮޅަކަށް އާރުޓީއެލް ފެރީ ހިދުމަތް މިއަހަރު ނިމުމުގެ ކުރިން ފޯރުކޮށްދިނުމަށް ޓްރާންސް ޕޯޓު ކުންފުނި އެމްޓީސީސީއިން މަސައްކަތް ހަލުވިކޮށްފިއެވެ.
Advertisement

އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ ވިދާޅުވީ މިއީ ރައީސް މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.

ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން ސައުދީ ވިދާޅުވި ގޮތުގައި މުޅި ރާއްޖެއަށް މި ހިދުމަތް ފޯރުކޮށްދިނުމަށް 56 އުޅަނދު ބޭނުންވާއިރު، އިންޑިއާ ސަރުކާރުގެ 100 މިލިއަން ރުފިޔާގެ އެހީގެ ދަށުން އިތުރު އުޅަނދުތައް ބަންނަމުންދާ ކަމަށެވެ. މިގޮތުން އެންމެ އަވަހަށް ފެށޭނީ ރ. އަތޮޅުގައި ކަމަށާއި، ދެން ބ. އަތޮޅުގައި ހިދުމަތް ފެށޭނެކަމަށް ސައުދީ ވިދާޅުވިއެވެ. 

މިހާތަނަށް ނުވަ އަތޮޅެއްގެ 81 ރަށް ފެރީގެ ނިޒާމުން ގުޅާލާފައިވާއިރު، މި މަހު ރ. އަތޮޅުގައި އަދި އަންނަ މަހު ބ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. ރާއްޖޭގައި އާރުޓީއެލްގެ ހިދުމަތް ގާއިމުކުރަމުންދަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ހަ ސަރަހައްދެއްގައިކަން ފާހަގަކޮށްފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް