ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ މިނިސްޓްރީން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކުގެ ތެރެއިން، މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުންގައިކަމަށެވެ.
މިގޮތަށް ބަދަލު ގެނައީ މިއަދުން ފެށިގެންކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.
މި ބަދަލާއި އެކު ގްރޭޓާ މާލެ ސަރަޙައްދުން މި ހިދުމަތަށް އެދި ސަވާރީ އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް (ސިމްސް) މެދުވެރިކޮށް ހުށަހަޅުއްވާއިރު، ތިއަރީ އިމްތިހާނު ހަދާ ސެންޓަރެއްގެ ގޮތުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޖެހުމަށްވެސް މިނިސްޓްރީން ވަނީ އަންގާފައެވެ.