ads
އިބްރާހީމް ހުސެއިން ޒަކީ
ޒަކީގެ ޕާސްޕޯޓް ކެންސަލްކުރި އަމުރު 5 އަހަރު ފަހުން ބާތިލްކޮށްފި
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުގެ ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސައިން ޒަކީގެ ޕާސްޕޯޓް ކެންސަލް ކުރަން އެންގި އަމުރު ނެރުނުތާ ފަސް އަހަރު ފަހުން އެ އަމުރު ހައި ކޯޓުން ބާތިލުކޮށްފިއެވެ.
Advertisement

ޒަކީގެ ޕާސްޕޯޓް ކެންސަލް ކުރަން އިމިގްރޭޝަންގެ މައްޗަށް ސިވިލް ކޯޓުން 2020 ވަނަ އަަހަރުގެ ތެރޭގައި ހުކުމްކުރީ ރަހުނު ނުހިމެނޭ ސާބިތު ދަރަންޏެއްގެ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެންނެވެ.

އެއީ ނެރެވޭނެ އަމުރެއް ނޫން ކަމަށް ބުނެ އިމިގްރޭޝަނުން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފުކުރިއެވެ. އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން 2022 ވަނަ އަހަރު އެ ކޯޓުން ނިންމާފައި އޮތީ އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ހައިސިއްޔަތު ދައުލަތަށް ނެތް ކަމަށެވެ. ހައިކޯޓްގެ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލަ އަލުން ބެލުމަށް ހައިކޯޓަށް އަމުރުކުރިއެވެ.

ހައިކޯޓުން އަލުން މި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.

މި މައްސަލަ ނިންމާ ހައިކޯޓުން މިދިޔަ އަންގާރަ ދުވަހު ކުރި ހުކުމުގައި ބުނީ  ކުންފުންޏަކުން ދަރަނި ނުދެއްކުމުން ކުންފުނީގެ ޑިރެކްޓަރުންނަށް ރާއްޖޭން ބޭރަށް ނުދެވޭ ގޮތަށް ޕާސްޕޯޓް ހިފެހެއްޓިދާނެ ކަމަށް ގަވާއިދުގައި އޮތަސް ޕާސްޕޯޓް ކެންސަލްކުރުމުގެ ބާރު ނުލިބޭކަމަށެވެ. އެހެންކަމުން ޕާސްޕޯޓު ކެންސަލްކުރެ ވޭގޮތަށް އެ މާއްދާ ތަރުޖަމާކުރުމަކީ ގާނޫނީ ގޮތުން ރަނގަޅު އަދި އެ މާއްދާއިން ދީފައިވާ ބާރުގެ ހުދޫދުގެ ތެރެއިން ކުރެވޭނެ ކަމެއް ނޫންކަމަށްވެސް ހައިކޯޓުގެ ހުކުމުގައިވެެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް