ads
ސްރީލަންކާގެ މޭޑޭ ރެލީގައި ނަޝީދު ވާހަކަފުޅު ދައްކައިފި
މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ޖިނާއީ ދައުވާ އުފުލަންޖޭ: ރައީސް ނަޝީދު
މާލޭގައި ހުރި ގަސްތައް ހިތްހުރިގޮތަކަށް ކެނޑުމުގެ މައްސަލައިގައި މާލޭ ސިޓީ ކައުންސިލް (އެމްސީސީ) ގެ މައްޗަށް ޖިނާއީ ދައުވާ އުފުލަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
Advertisement

ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވަނީ މާލޭ މަގުތަކުގައި ހެދިފައި ހުރި ގަސްތައް، އެމްސީސީ އިރެއްގައި ހިތްހުރި ގޮތަކަށް ކަނޑާ ހެދުމަކީ ގާނޫނާ ހިލާފް ކުށެއް ކަމަށެވެ. މި ކަމުގައި ކައުންސިލްގެ މައްޗަށޤ ޖިނާއީ ދައުވާ އުފުލަން ޖެހޭކަމަށް ދެކިލައްވާކަމަށް ވެސް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ޓްވީޓާއެކު ހިއްސާކޮށްފައިވާ ވީޑިއޯގައި ފެންނަނީ މާލޭގެ މަގެއްގައި ގިނަ ގަސްތަކެއް ކަނޑާފައިވާ މަންޒަރެވެ. ގަސްތައް ކެނޑުމުގެ ސަބަބުން މާލޭގެ ތިމާވެއްޓަށް ލިބޭ ގެއްލުން ބޮޑުކަމަށް ގިނަ ބަޔަކު ފާހަގަކުރާއިރު، މިކަމުގައި އެމްސީސީން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އިހުމާލުވަމުންދާކަމަށް ބުނެ ފާޑުކިޔުންތައް އިތުރުވަމުންދެއެވެ.

މާލޭގައި ގަސްތައް ކެނޑުމުގެ ހުއްދަދިނުމުގައި އެކަށީގެންވާ އުސޫލުތަކާއި މިންގަނޑުތަކެއް ގާއިމުކުރެވިފައި ނުވާކަމަށް ތިމާވެށި ހިމާޔަތްކުރާ ޖަމިއްޔާތަކުން ފާހަގަކުރަމުންދެއެވެ. ގަސްތައް ކެނޑުމުގެ ބަދަލުގައި ގަސްތައް ހިމާޔަތްކޮށް، އިތުރު ގަސްތައް އިންދުމުގެ ޕްރޮގްރާމުތައް ސިޓީ ކައުންސިލުން ހިންގަންޖެހޭކަމަށްވެސް ގިނަ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

މާލޭގެ ހޫނުމިން މައްޗަށް ދިއުމުގައި ގަސްތައް ކެނޑުމުގެ ދައުރު ބޮޑުކަމަށް ތިމާވެށީގެ މާހިރުން ފާހަގަކުރާއިރު، ސިޓީ ކައުންސިލުން މިކަމަށް ދެމުންދާ ހުއްދަތަކަކީ ކޮބައިކަމާއި ގަސްތައް ކެނޑުމުގެ ކަންކަން ކުރިއަށްދަނީ ކޮން އުސޫލަކުންކަން ސާފުކޮށްދިނުމަށް އެމްސީސީއަށް ގޮވާލާ އަޑުތައް މިހާރު ދަނީ ގަދަވަމުންނެވެ. މިކަމާއި ގުޅިގެން އެމްސީސީން އެންމެ ފަހުން ބުނެފައިވަނީ ގަސް ކަނޑަން ހުއްދަ ދެނީ އީޕީއޭއިން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް