މިއަހަރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ކުރިއަރުވާ ސިންދަފާތު ކުރުމަށް ތައުލީމީ ގާބިލު ދިވެހި ޒުވާނުންނާއި އެކިި އުމުރުފުރައިގެ ދިވެހިން އިތުރުކުރުމަށް ކަނޑައަޅާ ތަންފީޒުކުރަމުންދާ ސިޔާސަތުގެ ދަށުން މި ސަރުކާރު ވެރިކަމާއި ހަވާލުވި ދުވަހުން ފެށިގެން މިހާތަނަށް 21174 ވަޒީފާ އުފައްދާފައިވާކަމަށެވެ.
އަލަށް އުފެއްދި ވަޒީފާގެ ތެރޭގައި ޕްރައިވެޓް ސެކްޓަރުގައި އުފެއްދި 7724 ވަޒީފާ ހިމެނޭކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި މިއަދުން ފެށިން އަހަރެއްގެ ފަހުން ރާއްޖޭގައި ކޭޝިއަރުންގެ ވަޒީފާގެ ތިބެވޭނީ ހަމައެކަނި ދިވެހިންނަށްކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެކަން ކާމިޔާބުކުރުމަށް މީހުން ބިނާކުރުމަށް ވަޒީފާއަށް ހޭލުންތެރިކުރުންވުމާއި ވިޔަފާރިވެރިން އެކަމަށް ތައްޔާރުވުމަށް ސަރުކާރުން ދޭން ޖެހޭ އެހީތައް ދޭނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.