
ފުލުހުންގެ މިކަން އިއުލާންކޮށްފައިވަނީ، މާލެ ސަރަހައްދުގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފެށުމާ ގުޅިގެންނެވެ.
ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހަކީ މާލޭގެ މަގުތައް އިތުރަށް ހަލަބޮލިވެ، ގިނަ ބަޔަކު ބާޒާރު ކުރުމަށް ނިކުންނަ މަހެއްކަން ފުލުހުން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން މުދާ އުފުލުމަށާއި އެކި ބޭނުންތަކަށް މަގުމަތީގައި ދުއްވާ އުޅަނދުތަކަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހައިން މަގު ބޭނުން ކުރެވޭނެ ގޮތްތަކެއް ފަހިކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ ބުނީ، ރޯދަ މަހު މާލޭގައި ޓްރެފިކް އެންމެ ބާރު ބޮޑުވާ ސަރަހައްދުތަކުގައި ޓްރެފިކް މެނޭޖްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
މީގެ އިތުރުން، މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ބާޒާރު މައްޗަށް ވަކި ޓީމެއް ކަނޑައަޅައިގެން ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމާއި، ޕޭމަންޓާއި ޕޭމަންޓްމަތީގައާއި ޒޯންތަކުގައި ކުނި ބަހައްޓާފައި ހުރި ފަރާތްތަކަށް ނަސޭހަތްދިނުން ފަދަ ކަންކަން ރޭވުންތެރިކަމާއެކު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ. ހަމައެހެންމެ، ބާޒާރުމަތީ ފިހާރަތަކާއި ބޯޓުފަހަރުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ދިނުމުގެ ހަރަކާތެއްވެސް ފަށާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ ހިދުމަތުން މި މަސައްކަތްތައް ކާމިޔާބު މަސައްކަތްތަކަކަށް ހެދުމަށް އާންމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި، ހެދިފައިވާ ގަވާއިދުތަކަށް ރައްޔިތުން ބޯލަނބައި އަމަލުކުރުމަށް އެދިފައިވެއެވެ.