
މަގުމަތީގައި ސިނގިރޭޓް ބޯން އުޅެނިކޮށް އިއްޔެ ހައްޔަރުކުރީ ގދ. ވާދޫ ލިލީގެ އުުރުން 46 އަހަރު މުހައްމަދު ސަބާހްއެވެ.
މި މީހާ ރޯދަ މަހު ދުވާލު މަގުމަތީގައި ސިނގިރޭޓެއް ރޯކުރަން މަސައްކަތް ކުރަން ފުލުހުންނަށް ފެނިގެން ވަނީ ހުއްޓުވާފައެވެ. އަދި އޭނާ ދެވަނަ ފަހަރަށް ވެސް އެކަން ކުރާނެކަމަށް ބެލެވިގެން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްގެން މާފަންނު ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައެވެ.
މި މީހާގެ ބަންދުގައި އަމުރިގައިވާ ގޮތުން ފުލުހުންގެ މަރުކަޒަށް ގެންގޮސް ބަންދުގެ މީހުން ބައިތިއްބާ ތަނުގައި ބޭންދުމުން މި މިހާ ވަނީ އެތަނުގައި ހުރި ގޮނޑީގެ އަތްގަނޑުގެ އިސްކުރު ނައްޓުވާ ގޮނޑިން އަތްގަނޑު ނައްޓުވާފައިކަމަށެވެ. އަދި އެ އަތްގަނޑު ބޭނުންކޮށް އެތަނުގެ ބޭރު ތަޅުގައި ޖަހައި، ތަޅަށް ގެއްލުން ދީފައިވާކަމަށްވެސް ކޯޓް އަމުރިގައިވެއެވެ.
މީނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާދީފައެވެ. މީނާ އަކީ ކުށުގެ ރިކޯޑްތައް ގިނަ މީހެކެވެ. އެގޮތުން މިހާތަނަށް 48 ފަހަރު މި މިހާ ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރެއިން 25 ފަހަރު ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު ޖަހާދީފައެވެ.