
ފުލުހުން:
ވައްކަމުގެ މައްސަލައެއްގައި 24 އަހަރުގެ ޒުވާނަކު ހޯދަނީ
ގުފްތަގް އަޖީރު
09 މާރޗް 2025 - 15:29:04
ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގައި 24 އަހަރުގެ ޒުވާނަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ހޯދަމުންދާ ޒުވާނަކީ ގ. ސީވޭވް/މާލެ އެޑްރެސްގައި އުޅޭ މުހައްމަދު ތިބްޔާން ޝަހީން (24) އެވެ.
ފުލުހުންގެ ފަރާތުން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުން، މުހައްމަދު ތިބްޔާނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައިވާނަމަ، ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9393351 އަށް ގުޅުއްވުން އެދިފައިވެއެވެ.
މިފަދަ މައްސަލަތަކުގައި އާންމު ރައްޔިތުންގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މިކަހަލަ މައްސަލަތަކުގައި އާންމުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުންގެ ފަރާތުން ފާހަގަކޮށް، އެކަމަށް ޝުކުރު ވެސް ދަންނަވާފައިވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް