ads
ފުލުހުން ބަޔަކު ހައްޔަރުކުރަނީ: ފޮޓޯ ސަން
ރޭގަނޑު ގެއަކަށް ވަދެ ގެއްލުން ދިން 4 މީހުން ކުށުގެ ވެށިން ހައްޔަރުކޮށްފި
މާލޭ ގަލޮޅު ސަރަހައްދުގައި ހުންނަ ގެއަކަށް ރޭގަނޑު ވަދެ ގެއްލުން ދިނުމުގެ ތުހުމަތުގައި 4 މީހުން ފުލުހުން ހައްޔަރުކޮށްފިއެވެ.
Advertisement

އެ މީހުން ހައްޔަރުކޮށްފައިވަނީ ކުށުގެ ވެށިންކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅޭގޮތުން ފުލުހުން ބުނީ، ގެ ވެރިފަރާތަށް ބިރުދައްކައި އިންޒާރު ދިނުމުގެ މައްސަލައެއް ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެފަހުން ރޭގަނޑު 12:45 ހާއިރު 4 މީހަކު އެ ގެއަށް ވަދެ ގެއްލުން ދީފައިވެއެވެ.

"މި ހާދިސާގައި ހައްޔަރުކުރެވުނު މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ ކަންތައްތައް ކުރިއަށްދާ،" ކަމަށް ފުލުހުން ބުންޏެވެ.

ވެރިފަރާތަށް ކުރިން ބިރުދެއްކި ފަރާތްތަކަކީ ގެއަށް ވަދެ ގެއްލުން ދިން މީހުންކަން ކަށަވަރުވުމާއެކު، ފުލުހުން ވަނީ އެމީހުން ވަގުތުން ކުށުގެ ވެށިން ހައްޔަރުކޮށްފައެވެ. 

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ. 

25%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް