ads
އެކްސިޑެންޓުވެފައިވާ ސައިކަލެއް:
ސައިކަލު ކަހާލައިގެން، ލޮރީ އެއް ދަށުވި މީހަކު ސަލާމަތްވެއްޖެ
މާލޭގައި ހޮނިހިރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓެއްގައި ސައިކަލު ކަހާލައިގެން ގޮސް ލޮރީއެއްގެ ދަށަށް ވެއްޓުނު މީހަކު އެއްވެސް ސީރިއަސް އަނިޔާއެއް ނުލިބި ސަލާމަތްވެއްޖެއެވެ.
Advertisement

ފުލުހުންގެ މައުލޫމާތު ދިންގޮތުގައި، ރޭ 21:00 ހާއިރު ބޮޑުތަކުރުފާނު މަގުން ދުއްވަމުން ދިޔަ ސައިކަލެއް ކަހާލައިގެން ގޮސް އެ މަގުން ދުއްވަމުން ދިޔަ ވެލި ބަރުކޮށްފައިވާ ލޮރީއަކާ އެކްސިޑެންޓް ވެފައިވެއެވެ.

މި އެކްސިޑެންޓާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަނީ ސައިކަލު ދުއްވަން އިން މީހާ ލޮރީގެ ދަށުވެފައިވާ މަންޒަރެވެ. ލޮރީގެ ދަށުން މީހާ ސަލާމަތްކުރުމަށް ވަރަށް ގިނަ އިރުތަކެއް ނަގާފައިވެއެވެ.

ފުލުހުންގެދީފައިވާ މައުލޫމާތާ އެއްގޮތަށް ބަލާއިރު، އެކްސިޑެންޓްގައި ސައިކަލު ދުއްވި ފަރާތަށް އެއްވެސް ސީރިއަސް އަނިޔާއެއް ލިބިފައެއްނުވެއެވެ. އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލު ކަހާލައިގެން ގޮސް ލޮރީއާ ޖެހުމުންކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް