ads
އައިޖީއެމްއެޗް ހޮސްޕިޓަލް
ސަރުކާރުން ހިންގާ ހޮސްޕިޓަލްތަކުގައި ބަލިމީހުން ގާތަށް ޒިޔާރަތްކުރެވޭ ވަގުތު އިތުރުކޮށްފި
މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްފައިވާ ބަލި މީހުންނަށް ޒިޔާރަތް ކުރެވޭ ވަގުތު އިތުރުކޮށްފި އެވެ.
Advertisement

އައިޖީއެމްއެޗުން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ، ބަލި މީހުންނަށް ޒިޔާރަތް ކުރެވޭ ވަގުތު އިތުރުކޮށްފައިވަނީ އައިސީޔޫއާއި ސީސީޔޫ ފިޔަވައި، އެހެން ވޯޑުތަކުގައި އެނދުމަތިކޮށްފައިވާ ބަލި މީހުންނަށް ކަމަށެވެ. 

އެގޮތުން މާދަމާއިން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އެ ވަގުތުތަކުގައި ބަލި މީހުން ޒިޔާރަތް ކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ.

އައިޖީއެމްއެޗަކީ ކޮންމެ ދުވަހަކު އެންމެ ގިނަ އަދަދެއްގެ މީހުން ހިދުމަތް ހޯދާ ހޮސްޕިޓަލް ކަމަށްވާއިރު، އާންމު އުސޫލެއްގެ ގޮތުގައި ބަލި މީހުންނަށް ޒިޔާރަތް ކުރަން އޮންނަނީ ހަވީރު 5:00އިން 8:00އަށެވެ. ނަމަވެސް އެކި ހާލަތްތަކާ ގުޅުވައި އެ ގަޑިތަކަށް ބައެއް ފަހަރު ބަދަލު ގެނެ އެވެ.

މާލޭ ސަރަހައްދުގައި ސަރުކާރުން ހިންގާ ހޮސްޕިޓަލްތައް ހިންގަމުންދަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުންނެވެ. މީގެ ތެރޭގައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، ދަރުމަވަންތަ ހޮސްޕިޓަލް، ވިލިމާލޭ ހޮސްޕިޓަލް އަދި ހުޅުމާލޭ ހޮސްޕިޓަލް ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް