
މިނިސްޓަރު ހަލީލް މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާ ގެ މެމްބަރު މުހައްމަދު އިބްރާހީމް ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވިސުވާލަށް މަޖިލިހަށް ފޮނު ޖަވާބުގައެވެ.
މެމްބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލުގައި ވަނީ ފޮރިން ސާވިސް ގާނޫނުގެ ދަށުން މުވައްޒަފުން އައްޔަންކުރަންވާނީ ފޮރިން ސާވިސް ގެ މުވައްޒަފުންގެ ޖުމްލަ އަދަދުގެ 20 އިންސައްތަ އަށްވުރެ ގިނަނުވާނެ ގޮތެއްގެމަތިންކަމަށާއި އެހެންނަމަވެސް މިހާރު ހާމަވެފައިވާ މަދު މައުލޫމާތުތަކުން އެނގޭ ގޮތުގައި މި އަދަދު މިހާރު ވަނީ މާ ބޮޑަށް ގިބަފައިކަމަށާއި އަސްލު އަދަފދަކީ ކޮބައިތޯކަމަށެވެ.
މި ސުވާލަށް ފޮރިން މިނިސްޓަރު ޑރ . އަބްދުﷲ ހަލީލް ދެއްވި ޖަވާބުގައި ވިދާޅުވީ 2023 ވަނަ އަހަރުގެ އޮކްޓޫބަރުގެ މަހުގެ ނިޔަލަށް ސިޔާސީ މުވައްޒަފުންގެ ގޮތުގައި ތިބީ 116 މުވައްޒަފުންކަމަށެވެ. އެއީ ހެޑްކުއާޓާގައި ތިބި 18 މުވައްޒުންނާއި މިޝަންތަކުގައި ތިބި 98 މުވައްޒަފުންކަމަށެވެ.
އެހެންނަމަވެސް މި އަދަދު މައްޗަށް ޖެހިފައިވާކަމަށް މިނިސްޓަރު ހަލީލް ވަނީ ވިދާޅުވެފައެވެ. އެގޮތުން މިއަހަރު ޖެނުއަރީ މަހާއި ހަމައަށް ފޮރިން މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު 132 އަރާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ ހެޑްކުއާޓަގައި ތިބި 28 މުވައްޒަފުންނާއި މިޝަންތަކުގައި ތިބި 104 މުވައްޒަފުންކަމަށެވެ.
ފޮރިން ސާވިސް މުވައްޒަފުންގެ އަދަދު 2023 އޮކްޓުބަރަށް
- ހެޑް ކުއާޓާގައި 98
- މިޝަންތަކުގައި 39
- ޖުމްލަ 137
ފޮރިން ސާވިސް މުވައްޒަފުންގެ އަދަދު 2025 ޖެނުއަރީއަށް
- ހެޑް ކުއާޓާގައި 93
- މިޝަންތަކުގައި 46
- ޖުމްލަ 139
މިނިސްޓަރު ދެއްވި ހިސާބުތަކުން ފޮރިން ސާވިސްގެ މުވައްޒަފުންގެ އަދަދުވެސް ކުރީ ސަރުކާރަށްވުރެ މި ސަރުކާރުގައި ވަނީ މައްޗަށް ޖެހިފައެވެ.