
އައްޑޫ ސިޓީގައި ރޭ ހިނގި އެކްސިޑެންޓްގައި ސައިކަލުގައި ޖެހުނު ކާރު. ފޮޓޯ/ އާއިޝް
އައްޑޫގައި ކާރަކާއި ސައިކަލެއް ޖެހި، 2 މީހަކަށް ފަރުވާދެނީ
މުހައްމަދު އާދަމް އަހްމަދު
10 މާރޗް 2025 - 11:05:42
އައްޑޫގައި ކާރަކާއި ސައިކަލެއް ޖެހި ދެ މީހަކަށް ފަރުވާދޭން ފަށައިފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ އައްޑޫ ސިޓީ، ހިތަދޫ ބޮޑުމަގުގައެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓްގެ ރިޕޯޓް ލިބުނީ ރޭ ރޭ 23:52 ހާއިރުކަމަށެވެ. އަދި މި އެކްސިޑެންޓްގައި ޒަހަމްވި ދެމީހަކަށް އްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށެވެ. އަނިޔާވެގެން ފަރުވާދެމުން އަންނަނީ ސައިކަލު ތިބި ދެ މީހުންނަށެވެ.
އެނގިފައިވާ ގޮތުގައި ސައިކަލްގައި ތިބީ ފިރިހެނަކާއި އަންހެނެއްކަމަަށެވެ.
މިދިޔަ މަހު ފަހުކޮޅު އައްޑޫ ސިޓީގައި ހިންގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވަނީ ޒުވާނަކު މަރުވެފައެވެ. އެ ޒުވާނާ މަރުވި އެކްސިޑެންޓް ހިނގާފައިވަނީ އައްޑޫ ސިޓީގައި ދާދި ފަހުން ހުޅުވި ހަންކެޑަ ބްރިޖުމަތީގައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް