ads
ސަބް ޓޯސްޓް - ފޮޓޯ: އިންޓަނެޓް
ސީއެންއެމް ބަދިގެ: ސަބް ޓޯސްޓް
"ސީއެންއެމް ބަދިގެ" އިން މިއަދު މި ގެނެސްދެނީ "ސަބް ޓޯސްޓް" ތައްޔާރު ކުރާނެ ގޮތެވެ. މީ ވަރަށް ފަސޭއިން ތައްޔާރުކުރެވޭ ޓޯސްޓް އެކެވެ.
Advertisement

ބޭނުންވާ ތަކެތި:

2 ފިޔާ (ކުދިކޮށް ކިޔުބުކޮށް ކޮށާފަ)

1 މިރުސް (ކުދިކޮށް ކޮށާފަ)

1 ޖޯޑް ބޯންލެސް ޗިކަން (ކުދިކޮށް ކިޔުބްކޮށް ކޮށާފަ)

½ ދަޅު މަސް

5 ސަމުސާ މަޔޮނައިޒް

ފޮތި ޗީޒް (ސްލައިސް) 2

1 ޕާން (ބޮޑު)

2ސައި ސަމުސާ ލޮނު

1 ސައި ސަމުސާ އަސޭމިރުސް

ތައްޔާރުކުރާނެގޮތް: 

ފުރަތަމަ ފިޔާ ކޮޅާ މިރުސް ކޮޅު ކުޑަ މުށިކުލައެއް އަރަންދެން ކައްކާލާށެވެ. ދެން އޭގެތެރެއަށް ލޮނު ކޮޅު އަދި އަސޭމިރުސް ކޮޅު އަޅާ ކޮށާފަހުރި ބޯންލެސް ޗިކަން ކޮޅު އަޅާ 2 މިނެޓް ވަރު މަޑުގިނީގައި ކަށްކާލާށެވެ. އަދި އޭގެ ފަހުން މަސްދަޅުން އެއްބައި އަޅާ މަޔޮނައިޒް ކޮޅާ 2 ފޮތި ޗީޒް ސްލައިސް އެއަށް ލައިގެން މަޑުގިނީގައި 2 މިނެޓް ވަންދެން ހުރިހާ އެއްޗެއް އެއްކޮށް ކައްކާލާށެވެ.

ދެން އުނދުން މަތިން ތެލި ބާލާ ހިހޫ ކޮށްލާށެވެ.

އެއަށްފަހު ޕާން ފޮތިތަކުގެ ކައިރި ނަގާ ފަހަރަކު ޕާން 2 ފޮތި ނަގާ ދެންމެ ހެދި އެތި ކޮޅު އޭގެ ތެރެއަށް އަޅާ ޓޯސްޓް ކޮށްލާށެވެ.

މިހާރު މިހުރީ ސަބް ޓޯސްޓް ހަދާ ނިމިފަ އެވެ. މީ ސޯސް ޖަހާލައިގެންވެސް ކާލަން ވަރަށް މީރު ޓޯސްޓެކެވެ. ރޯދަ ވީއްލާ ގަޑީގައި ކާލަން މީ ވަރަށް މީރު ހެދިކާ އެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް