ads
ރައީސް ނަޝީދު
ޑޮލަރު ރޭޓު 24 ރުފިޔާއަށް އަރައިގެން ހިނގައިދާނެ: ރައީސް ނަޝީދު
މިހާރު ސާކިއުލޭޝަންގައި އުޅޭ ފައިސާގެ އަދަދަށް ބަލާއިރު، ޑޮލަރުގެ ރޭޓު 24 ރުފިޔާއަށް އަރައިގެން ހިނގައިދާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް ނަޝީދު މިކަން ފާހަގަކުރެއްވީ އެމަނިކުފާނުގެ ޓްވިޓާ އެކައުންޓްގައި ކުރެއްވި ޓްވީޓެއްގައެވެ. މި ޓްވީޓްގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފައިނޭންޝަލް ސެންޓަރެއް ގާއިމުކުރުމުގެ ނަމުގައި ބިން ގަތުމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި، މިވަގުތު ދިވެހިރާއްޖޭއުޅެނީ 14 ބިލިއަން ރުފިޔާ ސާކިއުލޭޝަންގައެވެ.

"މި ހާލަތުގައި ޑޮލަރުގެ ރޭޓް 24 ރުފިޔާއަށް އަރައިގެން ހިނގައިދާނެ ކަމަށާއި، މިއީ ތަކެތީގެ އަގު ބޮޑުވާނެ ކަމެއް ކަމަށް ރައީސް ނަޝީދު،" ވިދާޅުވިއެވެ.

ނަޝީދު ފާހަގަކުރެއްވިގޮތުގައި އެމްއެމްއޭ އިން ބިން ގަތުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި، ސަރުކާރުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަށް ވެފައިވާ ހަރަދުތައް ކުޑަކުރުމުގެ ވައުދުތަކާ ހިލާފު ކަމެއް ކަމަށެވެ. އެހެންކަމުން، ސަރުކާރުން މިފަދަ ވިސްނުން ބަދަލުކޮށް ބަޖެޓް ޑެފިސިޓް ކުޑަކުރުމުގެ މަސައްކަތަށް އިސްކަންދޭން ޖެހޭ ކަމަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް