ads
ރަޢީސް މުއިއްޒު އަދި ފިނޭންސް މިނިސްޓަރު މޫސާ ޒަމިޜު
އެމްޑީޕީ ސަރުކާރުން ނެގި 1.5 ބިލިއަން ރުފިޔާގެ ބަޖެޓް ސަޕޯޓް ލޯނު ދައްކާ ނިންމައިފި
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2022 ވަނަ އަހަރު ކާގިލް ފައިނޭޝަލް ސާވިސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން ބަޖެޓު ސަޕޯޓުގެ ގޮތުގައި ނަގާފައިވާ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ލޯނު މިމަހު ދައްކާ ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
Advertisement

އެމްޑީޕީ ސަރުކާރުން 2022 ގައި ކާގިލް ފައިނޭންސްއިން މި ލޯނު ނަގާފައިވަނީ 7.15 ޕަސަންޓު އިންޓަރެސްޓު ރޭޓުގައި، ތިން އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ. މި ރޭޓުން ބަލާއިރު، ލޯނު އަނބުރާ ދައްކާފައިވަނީ 26 މިލިއަން ޑޮލަރުގެ އިންޓަރެސްޓާ އެކުގައެވެ.

ކާގިލް ފައިނޭންސްގެ ލޯނުގެ އިތުރުން 2022 ގައި އެމްޑީޕީ ސަރުކާރުން އެހެން ލޯނުތަކެއް ވެސް ނަގާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތަށް ޔޫރަޕިއަން އެކްސްޕޯޓް އެންޑް ޓްރޭޑް ބޭންކާއި ބޭންކުތަކަކުން ގުޅިގެން ނެގި 1.6 ބިލިއަން ރުފިޔާގެ ލޯނާއި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) އިން ނެގި 18 މިލިއަން ޑޮލަރުގެ (278 މިލިއަން ރުފިޔާ) ލޯނެވެ. އައިޑީބީން ނެގި ލޯނަކީ ސަރުކާރުން ހިންގާ ކުނި މެނޭޖްމެންޓް ޕްރޮޖެކްޓަށް ނަގާފައިވާ ލޯނެކެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިއަދު އާންމުކުރި ހިސާބުތަކާ އެއްގޮތަށް، މިދިޔަ މަސް ނިމުނު އިރު ރާއްޖޭގެ ޔޫޒަބަލް ރިޒާވް 179 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ވަނީ ބުނެފައެވެ. މިއީ ޖެނުއަރީ މަހުގައި ހުރި 116 މިލިއަން ޑޮލަރާ އަޅާބަލާއިރު 63 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް