މިއަދު އެމެރިކާގެ ގަޑިން ހެނދުނު 6 ޖަހާއިރުއެވެ. އޭރު ގާތްގަނޑަކަށް 19،000 އަށް ވުރެ ގިނަ މީހުން މައްސަލަ ރިޕޯޓު ކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން އީލޮން މަސްކް އަދި އެކްސް އިން އެއްވެސް ކޮމެންޓެއް އަދި ކޮށްފައެއް ނުވެއެވެ. "އެކްސް" އަށް އެންމެ ފަހުން ބޮޑު މައްސަލައެއް ދިމާވެފައިވަނީ 2024 ގެ އޯގަސްޓް މަހުގައެވެ. އޭރު ބޭނުންކުރާ ފަރާތްތަކުގެ 66 ޕަސަންޓު އެޕް، ވެބްސައިޓް އަދި ސާވާއާއި ގުޅުމަށް މައްސަލަތަކެއް ދިމާވިކަމަށް ރިޕޯޓުކޮށްފައިވެއެވެ.
އީލޮން މަސްކްވަނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު 28 ވަނަ ދުވަހު 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަނެފައެވެ. އަދި 2023 ވަނަ އަހަރުގެ ޖުލައި 23 ވަނަ ދުވަހު ޓްވިޓަރގެ ނަން ބަދަލުކޮށް "އެކްސް" އަށް ބަދަލުކުރިއެވެ. މީގެ ތެރޭގައި ކުންފުނީގެ ނޫކުލައިގެ ދޫނި ލޯގޯ "އެކްސް" އަކަށް ބަދަލުކުރިއެވެ.