ads
ރަކުލް ޕްރީތް ރާއްޖޭގައި
ރަކުލް ޕްރީތް ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މަންޒަރުތައް ސޯޝަލް މީޑިއާގައި ވައިރަލްވަނީ
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަކުލް ޕްރީތް ސިންގް އަދި އޭނާގެ ފިރިމީހާ ޖެކީ ބަގްނާނީ މި ދުވަސްވަރު ރާއްޖޭގައި ރޮމެންޓިކް ޗުއްޓީއެއް ހޭދަކުރަމުން ދާއިރު، އެ ދެ މީހުންގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވައިރަލްވެއްޖެއެވެ.
Advertisement

ރަކުލްގެ އިންސްޓަގްރާމް އެކައުންޓުގައި ޝެއަރކޮށްފައިވާ ފޮޓޯތަކުގައި ފިރިމީހާއާއެކު ޗުއްޓީގެ ރޮމެންޓިކް ވަގުތުތައް ހިއްސާކޮށްފައިވެއެވެ.

ރަކުލް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ޝެއަރކޮށްފައިވާ އެއް ފޮޓޯއެއްގައި، އެ ދެ މީހުން ފްލޯޓިން މީލެއް އެންޖޯއިކުރާ މަންޒަރު ފެނެއެވެ. މިފޮޓޯގައި ރަކުލް ރަތް ސުވިމްސޫޓެއްގައި ވަރަށް ރީތިކޮށް ފެންނަން ހުރިއިރު، ޖެކީ ހުރީ ހުސްގަޔާއެވެ. މި ފޮޓޯގައި "މައި ވޯލް ހާޓް" މިގޮތަށް ހިތުގެ އިމޯޖީއާއެކު ލިޔެފައިވެއެވެ.

މީގެ އިތުރުން، މާޗް 9 ގައި ރަކުލް އޭނާގެ އިންސްޓަގްރާމްގައި އިތުރު ވީޑިއޯއެއް ޝެއަރކޮށްފައިވެއެވެ. މި ވީޑިއޯގައި ދެމީހުން ގައިގޯޅިވެފައި ތިބިއިރު، ރަކުލް އޭނާގެ ފިރިމީހާއާ "ދަ ސަންސެޓް ލައިކްވޭ؟" ކަމަށް އަހާފައިވެއެވެ. ޖެކީ އޭނާގެ އަނބިމީހާއަށް ލޯބިން ބަލަމުން "ލަވްލީ" ކަމަށް ޖަވާބު ދީފައިވެއެވެ.

މަސައްކަތުގެ ގޮތުން، ރަކުލް ފަހަކަށްއައިސް "ދި ދި ޕިޔާ ދި 2" ފިލްމްގެ ޕަޓިއާލާ ޝެޑިއުލް ނިންމާލާފައިވެއެވެ. މި ފިލްމުގައި ރަކުލް އޭނާގެ ކުރީގެ ކަރެކްޓާ އާއިޝާގެ ރޯލް ތަކުރާރުކުރާއިރު، އަޖޭ ދެވްގަންއާއެކު ސްކްރީން ޝެއަރކުރާނެއެވެ. އަންޝުލް ޝަމާ ޑައިރެކްޓްކުރާ މި ފިލްމުގައި މަދަވަން ވެސް ބައިވެރިވާނެއެވެ. މި ކޮމެޑީ ފިލްމުގައި މަދަވަން ރަކުލްގެ ބައްޕަގެ ރޯލުން ފެންނާނެއެވެ.

މިގޮތުން 2019 ވަނަ އަހަރު ރިލީޒްކުރި "ދި ދި ޕިޔާ ދި" ފިލްމުގައި ވެސް ރަކުލްގެ ރޯލް ވަރަށް ފާހަގަކޮށްލެވުނެވެ. އެ ފިލްމުގައި 50 އަހަރުގެ މުއްސަންދި މީހަކު ތަމްސީލުކުރި އަޖޭ ދެވްގަން ތަމްސީލުކުރާ ކަރެކްޓަރަކާއި ރަކުލް ތަމްސީލުކުރި ހަގު އަންހެނަކާ ދެމެދު އުފެދޭ ލޯބީގެ ވާހަކަ ކިޔައިދިނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް