ads
ސިއްރު - 40 ވަނަ ބައި
އެޕިސޯޑް 40
Advertisement

އިއްޔެގެ އަދަދު

ދެ ލޯ މަރައިލާފައި އަންހެންކުއްޖާގެ ކޮނޑުގެ ދެފަރާތުން ހިފަހައްޓާލީމެވެ. ނުހަނު ހަރުކަށިކޮށް އަހަރެންގެ ހަށިގަނޑާއި ދުރަށް އޭނާ ކޮށްޕާލީމެވެ. އަހަރެންގެ އަމަލާއިމެދު ހައިރާންވެ އަންތަރީސްވެގެން އަހަންނާއި ދިމާއަށް އެނާ ބެލީ ތަފާތު ގޮތަކަށެވެ. ސްޓޭޖުން ފޭބީމެވެ. ހިންދިރުވާލާނެ ގޮތެއްވެސް ނުވިސްނުމުން މިސްރާބުޖެހީ 'ޑްރިންކްސް' ބަހައްޓާފައިހުރި ދިމާއަށެވެ. 

އަހަރެންގެ އެއްވެސް އެކުވެރިޔަކަށް ނޭގޭ ގޮތަށް، ބޭސްގުޅަ އަޅާފައިވާ ޕެކެޓެއް ޖީބުން ނެގީމެވެ. އަނގަޔަށް އަޅައިލުމުގެ ކުރިން ވަށައިގެން ބަލައިލީމެވެ. ހަމަ އެންމެ ލޮލެއްވެސް އަހަންނަށް އަމާޒުވެފައިވޭތޯ އެވެ. ސިއްރުން ބޭސްތައް ދިރުވާލީމެވެ. ހަމައިގައި ހުރެންގެން ނުކުރެވޭ ކިތަންމެ ކަމެއް، ދެން އަހަންނަށް ކުރެވޭނެ އެވެ!

ރިދީ އިމާދު އަހަންނަށް ހަދާފައި މިހުރީ ކިހިނެއް ހެއްޔެވެ؟ އެނޫން އެހެން އަންހެނަކާއެކު އަހަރެން ބޭނުން ކކަންކަން ނުކުރެވެނީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ހިތުގެ އެންމެ އަޑިން ރިދީއަށް ނަފްރަތު ކުރަމެވެ. އަމާންކަމުގައި އެންމެ ދުވަހެއްވެސް އަހަރެންގެ ހަޔާތުން ފާއިތުވިޔަ ނުދީ އޭނާ އެދަނީ އިންތިހާއަށް އުފާކުރަމުންނެވެ. 

ދެކިބަލާށެވެ. އޭނާގެ ލޯބިވާ ފިރިމީހާގެ އަތުތެރޭގައި ވަގުތުތަށް ގުނަމުން އެދަނީ ދުނިޔޭގެ އެއްވެސް ހާސްކަމމެއް، ފިކުރުކުރުމެއް ނެތި އެވެ. އެކަމަކު އަހަރެންގެ ހާލަތު މިއޮތީ އެކޮޅުކޮޅުންނެވެ. އޭނާ ދިން ވޭނުގައި އަހަރެން މިއޮތް ފަނާވަނީ އެވެ. ކާމިލް ބުނަނީ ތެދެކެވެ. އަހަންނަކީ މަންޒިލެއް ނެތް މުސާފިރެކެވެ. ބޭކާރު މީހެކެވެ. އަމިއްލަ ސިފަ، އަމިއްލަ ލޯގަނޑުން ބަލައިލާން ނަފުރަތތުކުރާތާ އަހަރުދުވަސްވެގެން ދިޔައީ އެވެ.

ރިދީއަށްޓަކައި ވެވުނު ވައުދުތަކުގެ ސަބަބުން، އެހެން އަންހެން ކުދިންނާއެކު އަހަރެންގެ ވަގުތުތަށް ހޭދަކުރުމަށް ވަނީ ނުކުޅެދިފަ އެވެ. 

އެވައުދުތަކާއި ހުވާތައް އުވާލުމަށް އަހަރެން ބޭނުން ނުވަނީއެއް ނޫނެވެ. އެއަށް އިހްތިރާމްކުރާން އަހަރެން ބޭނުންވަނީއެއްވެސް ނޫނެވެ. އެއިގެ އަގު އަހަރެންގެ ކުރިމަތީގައި މުހިއްމެއްވެސް ނޫނެވެ. އެކަމަކު އެހެން ކޮންމެ ކުއްޖަކާއެކު އެންމެ ގާތްވާ ކޮންމެ ވަގުތެއްގައި ރިދީގެ މޫނު ފެންނަނީ ކީއްވެކަމެއް ނޭގެ އެވެ. އެ ސަބަބަށްޓަކައި އަހަރެންގެ އަމިއްލަ އެދުންތައް ފުރިހަމަކުރުމުގައި އަހަރެންވަނީ ފެއިލްވެފަ އެވެ.

ރިދީއާއެކު ވެވިފައިވާ ވައުދުތަކާއި އަހުދުތައް އަދި އެކުގައި ހޭދަކުރެވުނު އެތައް ވަގުތެއްގެ ހަނދާންތައް އަހަރެންގެ ހިތާއި ސިކުނޑި މޮޔަކޮށްފި އެވެ. އެއަޑު އަހައިލުމަށް އަހަރެންގެ ކަންފަތް އެދި ކުރާ އާދޭސް ،އެހެން މީހަކަށް އިހްސާސްވާނަމަ ކަރުނަ އަޅާނެ އެވެ. އެކަމަކު ރިދީއާއެކުވެސް އަހަންނަކަށް އަމާންކަމެއް ލިބޭކަށް ނެތެވެ. މާޒީގެ ކުށްތަކަށް މައާފު ނުލިބޭނެތީ އެވެ. ދޮޅުއަހަރުކުރީން އަހަރެން ކުރި ކަންތަކަށް މައާފުލިބުމަކީ ވާނެކަމެއް ނޫނެވެ. ޖީބުން ބޭސްނަގާފައި ކެވުނު އަދަދެއްވެސް ނޭގެ އެވެ. 

އަހަރެންގެ ލޮލުގެ ފެނުން ފަނޑުވަންދެން ބޭސްކައިފީމެވެ. 

މިވަގުތުގެ އިހްސާސްތައް އަހަންނަށް ކަމުދެ އެވެ. ލޮލަށް ފެންނަ އެކަށްޗެއްވެސް ސާފުނުވާވަރަށް ފުސްވެ، މަނންޒަރު ވަކިކުރާން ނޭގޭވަރުވެއްޖެ އެވެ. ފާއިތުވި ދޮޅުއަހަރު އަހަރެންގެ އުފަލަކީ މިފަދަ 'ބޭސްތަކެވެ'. ނަމަވެސް އެއްފަހަރާ، މި އަދަދަށް ބޭސްކެވުނު ފަހަރެއް މާޒީއެއް ނުވެ އެވެ. މިވަގުތު މިތަނުގައި އިތުރަށް އެންމެ މިނެޓެއް ހޭދަކުރާންވިޔަސް، އަހަރެންގެ ސަބަބުން މި މެހހެފިލްގެ އުފާވެރިކަމާއި އެކުވެރިކަން ގެއްލޭނެ އެވެ. އިން ތަނުން ތެދުވެ، ފިޔަވަޅު އެޅޭތޯ އުޅުނީމެވެ. އޮޔަށް ވަޔަށް، ރާޅާތަޅާ ބޮޔެއް ފަދައިން އަހަރެން ދެފަރާތަށް ކިރެމުން ކިރެމުންގޮސް ކޮންމެވެސް ދިމާއަކަށް ދެވޭތޯ ބެލީމެވެ. 

...............

ރާޅުގެ އަޑުއިވުމުން ދެލޯ ފޮހެމުން ފޮހެމުން މަންޒަރަށް ވިސްނާލެވޭތޯ ބެލީމެވެ. މިއީ މިރޭ ކުރިން ރިދީ އިން ތަނެވެ. ހަމަ އެ ޖޯލިފަތީގެ އެ މަންޒިލެވެ. މިތަނަށް އާދެވުނު ގޮތެއް ނޭގެ އެވެ.

"ހެޕިލީ މެރިޑް" އަހަރެންގެ ކަންފަތުގައި ގުގުމާލީ ރިދީގެ އަޑެވެ.

ނޫނެކެވެ. ހަމަހޭގައިވެސް، މަސްތުގެ ހާލުގައިވެސް އަހަރެން އެކަން ގަބޫލެއް ނުކުރާނަމެވެ. ރިދީ އެހަދަނީ ދޮގެވެ. އަހަރެންގެ ރިދީ އަދިވެސް ލޯބިވަނީ ހަމައެކަނި އަހަރެން ދެކެ އެވެ. އެހެން މީހަކާ ރިދީ ކައިވެންޏެއް ނުކުރާނެ އެވެ.

އޭނާއަށް އަހަރެން ކޮންމެ ގޮތެއްހަދައި ކިތަންމެ ނިކަމެތިކަމެއްދީ، އަބުރާއި އިއްޒަތް ވެއްޔާއި މޮޑެ، ކަފުންކުރިޔަސް އަދިވެސް ރިދީ ލޯބިވަނީ ހަމައެކަނި އަހަރެން ދެކެ އެވެ. 

އަހަރެންގެ ދެ ލޯ ފުސްވެ، ދުނިޔެ އަނދިރިވަނީ އެވެ. މިތަނުގައި އިށީންދެ އިންނާނެ ބާރެއްވެސް އަހަރެންގެ ޅިނދުގައި ނެތެވެ. 

ނުހަނު އުނދަގުލުން އަހަރެންގެ ޖީބުން ފޯނު ނެގީމެވެ. މޫނަށް ދިއްކޮށްލުމުން ސްކްރީން ހުޅުވިއްޖެ އެވެ. ފާޑަކަށް ހިނިއާދެވުނީ އައިފޯނު އުފައްދާ މީހުންގެ މޮޅުކަމާހެދި އެވެ. އަހަރެންގެ ދެލޮލުން މުޅި ދުނިޔެ އަނދިރިވެފައިވިޔަސް، އެމީހުންގެ ފޯނުގެ ސސްކްރީން ފަސޭހަކަމާއެކު މި މޫނާއި ލޮލުގެ ހަގީގަތް ދެނެގަތްފި އެވެ.

އަންދާޒާކޮށްލާފައި ގެލެރީ ހުޅުވާލީމެވެ. ނުދަންނަ އިހްސާސަކުން ލޮލުގައި ވިދުމެއް އުފެދުނެވެ. ރިދީ އެވެ. ތިއީ ކިހައި ބާރުގަދަ މަހްލޫގެއްކަން ތިބާއަށް އިހްސާސްވެސް ނުވާނެ އެވެ. މަސްތުގެ ހާލުގައި މި އިންސާނާއަށް ދުނިޔެ އަނދިރިފެވައިވިޔަސް ތިބާގެ ސޫރަ ނުހަނު ސާފުކޮށް ފެނެ އެވެ.

ތުރުތުރުއަޅަމުން ސްކްރީންގައި ފިރުމާލީމެވެ. ފޯނު ހިފެހެއްޓެނީ ކިރިޔަކިރިޔާ އެވެ. މި ފޮޓޯއަކީ އަހަރެންގެ  އެނދުގައި ރިދީ ނިދާފައި އޮއްވައި އޭނާއަށް ނޭގި އަހަރެން ނެގި ފޮޓޯއެކެވެ. ސްކްރީންގައި އަހަރެންގެ ތުންފަތްޖައްސައި ބާރުކޮށްލީމެވެ. 

"ރިދީ.. ރިދީއަށް އެހެން މީހަކުދެކެ ދުވަހަކުވެސް ލޯބި ނުވެވޭނެކަން ޔަގީން.. އެއަށްވުރެން މާބޮޑަށް ރިދީ އަހަރެންދެކެ ލޯބިވޭ.. އަދިވެސް އަދިވެސް ރިދީ ލޯބިވަނީ ހަމައެކަނި އަހަރެންދެކެ.." ހީނލެވޭތޯ އަހަރެން މަސައްކަތްކުރީމެވެ. 

އެކަމަކު ރޭގަނޑުގެ ހަނދުގެ ހަނދުވަރެއްނެތި، އުޑުގެ ރިހި ތަރިތަކުގެ ބެބުޅުންނެތި ދުނިޔެ މިހައި އަނދިރި ވަގުތެއްގައި ލޮލަށް ފެންނާނެ އެއްޗެއް ނުހުންނާނެ ނޫންހެއްޔެވެ؟ ފެންނަ އަދިރިކަމަކީ، އިރުއޮއްސުމުގެ ހަގީގަތެވެ. 

ޖޯލިފައްޗަށް އަހަރެން ދެމިއްޖެ އެވެ.

"ރިދީ" 

މުޅި ގައިން ހިއްސުކެނޑުމުގެ ކުރީން ފޯނުގައި ބައްދާލަން މަސައްކަތްކުރީމެވެ. ލޯ މެރެންފެށީ ބޭހުގެ އަސަރުގަ އެވެ.

ފެންނަމުންދިޔައީ ކުރެދިވަލެކެވެ. އަކިރިތަކާއި ކުދިބޮޑެތި ގާތަކުން އެތަނުގައި ހިނގާބިނގާވެ އުޅެން ފަސޭހައއެއް ނުވާނެ އެވެ. އެކަމަކު ޒުވާނާގެ އަތްމަތީގައި ރިދީ އުފުލާލާއިގެން ހިނގާލާފައި އެއަންނަނީ ފަސޭހަކަމާއެކު އެވެ. މޫނުމަތީގެ ހިނިތުންވުން އޭނާގެ ލޮލާއި ހަމައަށް ފޯރަ އެވެ. ރިދީގެ ދެއަތް ޒުވާނާގެ ކަނދުރާގައި އޮޅާލާފައިވަނީ ދުނިޔޭގެ އެއްވެސް ބާރަކަށް އެދެމީހުން ދުރުނުކުރެވޭނެކަން ސާބިތުކޮށްދިނުމަށެވެ. ދޭތެރެއަކުން ދެމީހުން ލޯބިކޮށްލަ އެވެ. ނުހަނު ދުރަށް ހިނގުމަށްފަހު ކުރެދިވަލުން ނިކުމެ، ޒުވާނާ ރިދީ ބާއްވާލީ ފުއްޓަރުގެ އާނުގަނޑުމަތީގަ އެވެ. އެތަނުގައި އެހެން އެއްވެސް އިންސާނަކު ނެތެވެ. މުޅި ކާއިނާތުގެ އުފާ ހަމައެކަނނި ހައްގުވަނީ އެދެމީހުންނަށެވެ.

ފުސްވަމުންދިޔަ މަންޒަރުގެ އަނދިރިކަމުގެ ތެރެއިން ފެނުނީ ރިދީގެ ތުނިހެދުން، ވައިގެ ތެރޭގައި އުދުހިލާފައި އައިސް ކުރެދިގަހެއްގައި އެޅުނު މަންޒަރެވެ. ކަންފަތަށް ކެތްނުވީ އިވުނު ހިތްދަތި ރާގުންނެވެ. ނޫނެކެވެ. އެއީ ރާގެއް ނޫނެވެ. މިއުޒިކެއްވެސް ނޫނެވެ.

"އަހާން" އެއީ ރިދީގެ އަޑެވެ. ރިދީގެ މަސްތީ އަޑެވެ.

"ނޫން"

"ނޫން"

"ރިދީ..! އަހަރެންގެ އަޑު އަހާބަލަ.."

"ނޯ.. ނޯ"

"ޔޫ އަރ މައިން.."

"ނޯ"

މޫނުމައްޗަށް ޖެހީ ފެން އެއްޗެކެވެ!

އިހްތިޔާރެއް ނެތި އެސްފިޔަތައް ދުރުވެއްޖެ އެވެ. ފުންމައިގެން ތެދުވެވުނީ ގައިން ފިނިގަނޑެއް ނިކުތީތީ އެވެ. އެއީ ހުވަފެނެކެވެ. ބިރުވެރިކަމުން ފުރިގެންވީ ނުބައި ހުވަފެނެކެވެ.

"އީތަން- އާ ޔޫ އޯ-ކޭ؟" މިފަހަރު އެއީ މިއުޒިކެއްގެ އަޑެވެ. ޔަގީނެވެ. އަހަރެންގެ ރިދީގެ މިއުޒިކީ އަޑެވެ. 

"އީތަން" 

އެއަޑުން އަހަރެންގެ ނަން އިއްވާލާނެ ވަގުތަކަށް ރެއާއި ދުވާލު އިންތިޒާރުކުރާތާ ކިހައި ދުވަހެއްވެއްޖެ ހެއްޔެވެ؟ ލިބުނު ޝޮކްގައި ރަގަޅަށް ލޯ ހުޅުވާލީމެވެ. ކުރިމަތީގައި ހުރީ ރިދީ އެވެ. ހަށިގަނޑުވަނީ ނިވާކޮށްފަ އެވެ. ހަމަކުރީންވެސް ލައިގެން ހުރި ހެދުމުގައި، ރިދީގެ ހާލުވެސް މުޅިން ރަގަޅެވެ. އެ ޒުވާނާ ރިދީ ގާތުގައި ނެތެވެ. 

މަޑުމަޑުން އަތް އުފުލާލާފައި ރިދީގެ ކޮނޑުގައި ބާރަށް ހިފަހައްޓާލީމެވެ.

"ތިއީ އަހަރެންގެ ހިޔާލީ ދުނިޔޭގެ ޕްރިންސެސް.. އާދައިގެ މަތިން އެހެން ފަހަރުތަކެކޭ އެއްގޮތަށް އަހަރެންގެ ލޯ ހުޅުވާލާއިރަށް މިފަހަރުވެސް ގެއްލޭނެ.. މިފަހަރުވެސް މި ހޭލެވުނީ އަހަރެންގެ ހިޔާލީ ދުނިޔެއަށް" ހިކިފައިވާ ތުންފަތާއި، ތެތްކަމެއް ނެތް ކަރުގެ ކުރަކިކަމުން،  އަޑާއި ވާހަކަދެއްކުމުގައި ރޫހެއް ނެތެވެ. 

އެ ޖުމުލައާއެކު ހީނލެވޭތޯ ބެލީމެވެ. ލިބުނީ ނާކާމިޔާބެވެ. ރިދީގެ ދެ ލޯ ކަރުނުން ފުރުނީ ކީއްވެކަމެއް ނޭގެ އެވެ.

މިވަގުތު އަހަރެން މިހުރީ މަސްތުގެ ހާލަތަކު ނޫނެވެ. ހަމަހެޔަކުވެސް ނޫނެވެ. ދެބަދޭތެރޭގައި ކަމަށްވެދާނެ އެވެ. ހިޔާލީ ދުނިޔެއަށް ގެއްލި، މިހުވަފެނުގައި އިތުރު ވަގުތު ހޭދަކުރާން މިވަގުތު އަހަރެން ބޭނުމެވެ.

"އީތަން"

އަހަރެންގެ އެސްފިޔަތައް ލައްޕާލީމެވެ. އަހަންނަކީ މޮޅަށް މިއުޒިކް ހަދައި، މިއުޒިކުޅޭ މީހެކެވެ. އެކަމަކު ރިދީގެ ދުލުން އަހަރެންގެ ނަން، ކިޔަލުމުން އެއިވޭ ހިތްގައިމު އަޑު ދުވަހަކުވެސް އަހަރެންގެ މިއުޒިކާއި އެއްހަމަ ނުކުރެވޭނެ އެވެ. އެ އަޑު އަހައި  ފޫހި ނުވެ އެވެ. އުނިކަމެއް ނެތް ފުރިހަމަ އަޑެކެވެ. މި ޖިސްމުގެ ކޮންމެ ހިއްސެއް އެ އަޑަށް އިންތިޒާރުކުރާތާ ވީ ދުވަހެއް ނޭގެ އެވެ.

އަހަރެންގެ ދެ ކޯތާފަތް ތެމުނީ ކީއްވެ، ކޮން އިރަކު ކަމެއް ނޭގެ އެވެ. މިވަގުތާއި ހަމައަށް އަހަރެން ރުއި ހަނދާނެއްވެސް ނެތެވެ. އެކަމަކު މިވަގުތު، އަހަރެންގެ ނަފުސު ބަލިކަށިކޮށް، އާރެއް ބާރެއްނެތި މި ދޫކޮށްލަނީ އެ ކުއްޖަކުދެކެ އަހަރެން އިންތިހާއަށް ނަފުރަތުކުރާ އަންހެން ކުއްޖެއްގެ ކުރިމަތީގަ އެވެ.

"ޑޯންޓް- **- ވިތް- ހިމް- އައި- ޔޫ" ތުރުތުރުއަޅަމުން ގިސްލަމުން ކޮންމެވެސް އެއްޗެއް ކިޔޭތޯ އުޅުނީމެވެ. 

އެކަމަކު ދެ ލޮލުގައި އަތް އަޅާފައި ގިސްލެވުނީ އަހަރެންގެ އިހްތިޔާރަކު ނޫނެވެ. އަހަރެންގެ ބިޔަ ހަށިގަނޑުގައި އޭނާގެ ދެއަތުން ވަށާލައި، އޭނާގެ ބާރުގެ ދަށަށް ގެންދިޔައީ އަހަރެންގެ ހަކަތައެއް ބޭނުންކޮށްގެން ނޫނެވެ. ރިދީ ބައްދާލީ، އަމިއްލަ އިހްތިޔާރރުގަ އެވެ.

ފެންނަމުން މިދަނީ އަހަރެންގެ ހިޔާލްކަން އަހަންނަށް އިގެ އެވެ. މިއީ އާކަމެއް ނޫނެވެ. ތަފާތަކީ މިރޭ އަހަރެން، ރިދީގެ ކިބައިން އަމާންކަން ބޭނުންވުމެވެ. އަހަރެންގެ މި ވޭންތަކަށް ލުއިލިބޭން ބޭނުމެވެ. އަޅަމުންމިދާ ވޭނަށް ލުއި ލިބެންދެން މމިރޭ ރޯން ބޭނުމެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ރިދީގެ އަތުތެރޭގައި އޮވެ، އަހަރެންގެ ހިތް ފުރެންދެން މިރޭ ރޯން ބޭނުމެވެ. އޭނާގެ ދެއަތަށް ލެވުނު ބާރެއްލާފައި އަހަރެންގެ މި ބަލިކަށި ހަށިގަނޑުގައި ބައްދާލި އެވެ. މިހިތަށް ޔަގީންކަން ލިބެންދެން އެއަތުގެ ތެރޭގައި ވުމަށް ބޭނުމެވެ. އަހަރެންގެ ހިތާއި ހަމައަށް ވާސިލުވާވަރަށް އަސަރާއެކު ރިދީގެ އަޑު އަހަން ބޭނުމެވެ.

އޭނާ އަހަރެންދެކެ އިންތިހާއަށް ލޯބިވާކަމަށް ތަކުރާރުކޮށް ބުނާއަޑު އަހަން މިރޭ ބޭނުމެވެ. އޭނާގެ ދިރިއުޅުން އަހަރެންގެ ދެއަތުން ބަރުބާދުކޮށް ސުންނާފަތިކުރުމަށް ފަހުގައިވެސް އަހަރެން ރިދީ ބޭނުމެވެ.

ހަމައެކަނި ރިދީ ބޭނުންވަނީއެއް ނޫނެވެ. ރިދީއާއި ނުލައި އަހަންނަށް ދިރިހުރެވެން ނެތީ އެވެ. އަހަރެންގެ ކޮންމެ ނޭވާއެއްގައި ލިޔެވިފައިވަނީ އެ ނަމެވެ. އަހަރެންގެ މިހަޔާތަށް ހަމައެކަނި ބޭނުމީ ރިދީ އެވެ. އަހަރެންގެ ދިރިހުރުމުގެ ކާނާއަކީވެސް، މި ފުރާނައިގެ ދިރުމަކީވެސް ހަމައެކަނި ރިދީ އެވެ. 

ހަމައެކަނި ރިދީ އެވެ.

"ވައި ޑިޑް ޔޫ ޑޫ  ދިސް ޓު އަސް އީތަން..؟ ވައި..؟" އަހަރެންގެ ކަންފަތް ދޮށުގައި އަސަރާއެކު މަޑުމަޑުން އޭނާ ސުވާލުކުރި އެވެ.

އަހަރެންގެ ހިޔާލުގެ ސަފްހާތަކުގައިވެސް ރިދީ އަހަންނަށް މަލާމަތްކުރަނީ ހެއްޔެވެ؟ ރިދީގެ އަތުތެރޭގައި ހަގީގަތުގައި މިފަދަ ވަގުތެއް ހޭދަކޮށްލާން ލިބުނަސް، ކުރާނީ އެފަދަ މަލާމާތެކެވެ. އެއީ އަހަންނަށް ހައްގު މިންވަރެވެ. 

ހިތުގެ އެންމެ ފުނުން މައާފު އެދެން ބޭނުމެވެ. އަހަރެންގެ ކޮންމެ ކުށަކަށް ލޮލުން ބޮލުން މައާފު އެދެން ބޭނުމެވެ. ހަގީގީ ރިދީގެ ކުރިމައްޗަށް އަރާފައި މައާފަށް އެދުމުގެ ހިތްވަރެއް އަހަރެންގެ މައިބަދައަކަށް ދުވަހަކުވެސް ނުލިބޭނެ އެވެ. އެންމެ އެދެވިގެންވާ ގޮތަކީ އަހަރެންގެ ހިޔާލީ ދުނިޔޭގެ ރިދީގެ ހާޒިރުގައި އަހަރެންގެ ކުށްތަކަށް އިއްތިރާފްވެ، މައާފު އެދުމެވެ. މި ރިހުމާއި ވޭނާއި، އަހަރެންގެ މުޅި ނަފުސަށް ލިބެމުންމިދާ އަނިޔާވެރި ސަޒާއަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިދާނެކަންނޭގެ އެވެ. އެ ހިއްވަރު ހޯދާނެ ހަކަތަ ސިކުނޑީގައި ހުރެދާނެކަމާއިމެދު ވިސްނާލީމެވެ.

ޖެހިގެން އައި ހިނދުގައި އަހަރެންގެ ދެއަތުގެތެރޭގައި ރިދީ ހައްޔަރުކޮށްލީ ވައިރޯޅިއަކަށްވެސް، އިރުގެ ދޯދިއަކަށްވެސް އަދި ހަނދުވަރުގެ އަލިކަމަކަށްވެސް އެދެމެދަށް ނުވަދެވޭނެފަދަ ބާރަށެވެ. އަހަރެންގެ ހިޔާލީ ރިދީގެ ނޭވާވެސް ނުނިކުންނާނެ އެވެ. އެކަމަކު މިވަގުތުކޮޅު އަހަރެން ބޭނުމީ މިފަދައިން، ރިދީގެ އިހްސާސް މިހަށިގަނޑުގެ ކޮންމެ ސެލްއަކަށް ވާސިލްކޮށްދޭށެވެ. އަހަރެންގެ މި ހަރަކާތަށް މިރޭގެ ރިދީ ދެކޮޅެއްވެސް ނުހެދި އެވެ. ކިޔަމަންވީ،  އަޖައިބުވެ އަންތަރީސްވާހައި ލޯބިންނެވެ.

އަހަރެންގެ އެންމެ ކަރުނައެއް ފޮރުވާނެ ހިތްވަރެއްވެސް މިރެއަކު ނެތެވެ. އަހަރު ދޮޅުއަހަރަށް ވާވަރަށްވެސް މިރޭ އަހަރެން ކަރުނައަޅާނަމެވެ. ފާއިތުވި މުއްދަތުގައި މިފަދަ އިހްސާސެއް އެންމެ ސިކުންތަކަށްވެސް ކުރެވިފައެއް ނެތެވެ. އެންމެ ހައިރާންވީ އަހަރެންނާއެކު ރިދީގެ ކަރުނަތައް އިހްސާސްކުރެވެން ފެށުމުންނެވެ. ހީވާކަހަލަ އެވެ. އަހަރުމެން ދެމީހުންވެސް އިންތިޒާރުކުރަމުން އައި ވަގުތަކީ މިއީ އެވެ. މިއީ ހިޔާލެއް ނޫނެވެ. މިއީ ހަގީގަތެކެވެ.

ވަރިހަމަ އެވެ. އަހަރެން ރިދީ ބޭނުމެވެ. އޭނާގެ ލޮލުން އަހަންނަށް އަބަދުވެސް ފެންނަ ލޯބީގެ އިހްސާސްގެ ހައްގުގައިވެސް، އަހަރުމެން އެކަކު އަނެކަކު މިފަދައިން ބޭނުންވެ އެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް