ads
އިމާދު: އޭނާ ވަކިކުރަން މަޖިލީހަށް ވަނީ ހުށަހަޅާފައި --
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި
މަރުކަޒީ ބޭންކް އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަަހުމަދު އިމާދު މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.
Advertisement

އެ މައްސަލަ މިއަދު މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއް ލަތީފް މުހައްމަދު އެވެ. އެ ހުށަހެޅުމަށް ތާއިދު ކުރެއްވީ އެ ޕާޓީއަށް ނިސްބަތްވާ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް އެވެ.  

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެ މެންބަރަކު ފިޔަވާ ދެން ތިއްބެވި ހުރިހާ މެންބަރުންގެ ވޯޓާ އެކު ޑެޕިއުޓީ ގަވަރުނަރު ވަކިކުރާ މައްސަލަ ތަޅުމަށް ހުށަހަޅަން ވަނީ ފާސްކޮށްފަ އެވެ.

އެހެންވެ، ޑެޕިއުޓީ ގަވަރުނަރު ވަކިކުރަން ލަފާދޭ މައްސަލަ ތަޅުމަށް ހުށަހަޅާނެއެވެ. އެ މައްސަލަ ކޮމިޓީއަށް ކުރިއަށް ގެންދެވޭނީ ތަޅުމުން ފާސްކުރުމުންނެވެ. އެއަށް ފަހު، އަދި ކޮމިޓީން ނިންމާ ގޮތެއް ތަޅުމުން ފާސްކުރަން ޖެހޭނެއެވެ.

ޑެޕިއުޓީ ގަވަރުނަރުކަމަށް އިމާދު އައްޔަންކުރީ މިދިޔަ ސަރުކާރުގައި 2020 ވަނަ އަހަރެވެ. އޭނާ ގެންދަވަނީ 2000 ވަނަ އަހަރުން ފެށިގެން އެމްއެމްއޭގައި މަސައްކަތްކުރައްވަމުންނެވެ.

އިމާދު މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށިގެން މި ދިޔައީ މަރުކަޒީ ބޭންކް، އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން ފައިސާ ޗާޕުކުރާ މައްސަލަ އެއް ފެންމަތިވެ އެކަމާއި ދެކޮޅު ހެއްދެވި ބޭފުޅުންގެ ތެރޭގައި އިމާދު ހިމެނިވަޑައިގަންނަވާ ކަމުގެ އަޑު ފެތުރިފާ ވަނިކޮށެވެ. މީގެ އިތުރުން އެމްއެމްއޭގެ ބޯޑުން ޝުހާދު އިބްރާހިމް ވެސް ވަނީ މިއަދު އިސްތިއުފާދެއްވައިފަ އެވެ. ޝުހާދުގެ އިތުރުން ފިނޭންސް މިނިސްޓްރީގައި އެމްއެމްއޭގެ ބޯޑު ތަމްސީލު ކުރައްވާ އަހުމަދު ޒަޔާން މުހައްމަދު ވެސް ވަނީ ފިނޭންސްގެ އިކޮނޮމިސްޓް މަގާމުން ވަކި ވުމަށް އިސްތިއުފާ ހުށަހަޅައިފަ އެވެ. 

އޭނާ ދެ މަހުގެ ނޯޓިސް ދީފައިވާ އިރު އަދި ހުންނެވީ އެމްއެމްއޭގެ ބޯޑުގަ އެވެ.

މި ދެބޭފުޅުންގެ އިސްތިއުފާ ދެއްވުމުގެ މައިގަނޑު ކަންބޮޑުވުމަކީ ވެސް ފައިނެންޝަލް ސެންޓަރު އެޅުމަށް ބިން ގަތުމުގެ ޕްރޮޕޯސަލްގައި ރިސްކުތަކެއް ހުރުމެވެ. 

ރައީސް މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިހާބު ދުވަސްވަރު އަދި އިންތިހާބުވެވަޑައިގަތުމަށް ފަހުވެސް ފައިސާ ޗާޕް ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެމްއެމްއޭއަށް ބިމެއް ގަތުމުގެ ނަމުގައި 14 ބިލިއަން ރުފިޔާ ޗާޕްކުރަން އެމްއެމްއޭގެ ބޯޑުން ނިންމާފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. 

މިކަމާއި ގުޅިގެން އެމްއެމްއޭއާ ސަރުކާރުން މިހާތަނަށް ބަހެއް ބުނެފައިނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް