
ބޭނުންވާ ތަކެތި:
2 ޖޯޑް ފެން
4 ސަމުސާ ކަސްޓަރޑް
2 ޖޯޑް ފުލްކުރީމް މިލްކް
½ ދަޅު ފުރުޓް ކޮކްޓެއިލް
½ ދަޅު ގެރިކިރު
ތައްޔާރުކުރާނެގޮތް:
ފުރަތަމަ ތައްޓަކަށް 2 ޖޯޑް ފެން އަޅާލާ އެއަށް ކަސްޓަޑް ކޮޅު އަޅާލައިގެން ގިރާލާށެވެ.
ދެން އުނދުން މައްޗަށް ކުޑަ ތެއްޔެއް އުދާފަ އޭގެ ތެރެއަށް ދެންމެ ގިރާލި ކަސްޓަޑް ކޮޅު އަޅާލާށެވެ. އަދި މަޑު ގިނީގައި ގަނޑު ނުހުންނާނެ ހެން ހަލުވަމުން ކަސްޓަޑް ކޮޅު އޮލަ ޖެހެންދެން 5 މިނެޓް ވަންދެން ކައްކާލާށެވެ.
ދެން އޭގެ ފަހުން ކަސްޓަޑް ކޮޅު އޮލަޖެހުމުން އޭގެ ތެރެއަށް ފުލްކުރީމް މިލްކް ކޮޅާ ގެރިކިރު ކޮޅު އަޅާ އަނެއްކާވެސް 10 މިނެޓް މަޑުގިނީގައި ކައްކާލާށެވެ.
އުނދުން ނިއްވާލާށެވެ. އެހާ ހިސާބުން ފުރުޓް ކަސްޓަޑް ތައްޔާރުކުރެވުނީ އެވެ.
ދެން ތައްޓަކަށް މި ކަސްޓަޑް ކޮޅު އަޅާފަ ކުޑަކޮށް ހިހޫވުމުން އޭގެތެރެއަށް ފުރުޓް ކޮކްޓެއިލް ކޮޅު އަޅާ ފުރިޖަށް ލާ ފިނިކޮށްލާށެވެ.
މީ ރޯދަ ވީއްލާ ގަޑީގައި ކާލަން ވަރަށް މީރު ފޮނިކާ އެއްޗެކެވެ.