
މި މުބާރާތަކީ، ޑީ.ޖީ.ޖީ އިން އަތޮޅު ތެރޭގައި ބާއްވާ ފުރަތަމަ ގޭމިން މުބާރާތް ކަަމަށް ފާހަގަކޮށް ދިރާގުން ބުނީ އެކުންފުންޏާއި އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން އިންތިޒާމްކުރަމުންދާ ގޭމްކުއެސްޓް-އައްޑޫ އެޑިޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 އިން 17 އަށް އައްޑޫ ސިޓީގެ ޝަރަފުއްދީން ސްކޫލުގައި ކަމަށެވެ.
މިއީ އައްޑޫ ސިޓީގައި ގޭމް ކުޅުމަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ މުބާރާތެއް ކަމަށް ދިރާގުން ބުނެއެވެ. މި ގޮތުން، އައްޑޫ ސިޓީއަށް ނިސްބަތްވާ އަލަށް ގޭމް ކުޅެން ފަށާ ގޭމާސް އިން ފެށިގެން އެންމެ ތަޖުރިބާކާރު ގޭމާސް އަށް ވެސް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފަ އެވެ.
މި މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ގޭމަރުންނަށް، dgg.mv މެދުވެރިކޮށް ރަޖިސްޓަރީކުރުމުގެ ފުރުސަތު ހުޅުވައިލައިފައިވާ ކަމަށާއި ރަޖިސްޓަރީކުރުމުގެ ސުންގަޑިއަކީ 13 މާޗް ކަމަށް ދިރާގުން މައުލޫމާތުދެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމް ކަމުގައިވާ ޑީ.ޖީ.ޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އަންނަން އޮތް ޖީލުތަކުގެ ގޭމިންގ ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
މި ގޮތުން، މި އަހަރު ޑީ.ޖީ.ޖީއިން ވަނީ ޑީ.ޖީ.ޖީގެ ސީސަން 1 ލޯންޗްކޮށް "ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީ.އެމް.ޖީ.ސީ) 2025" އިއުލާނުކޮށް، ވާދަވެރި ގޭމިންގެ މުޅިން އައު މުބާރާތްތަކެއް ތައާރަފްކޮށްފަ އެވެ.
ޑީ.ޖީ.ޖީ އިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް dgg.mv މެދުވެރިކޮށް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.