ads
އިދިކޮޅު އެމްޑީޕީން މިހާރު ސިލްސިލާކޮށް ކުރަމުން އަންނަ މުޒާހަރާގެ ތެރެއިން
މުޒާހަރާތަކާއި ގުޅިގެން ރާއީއާއި މުކޭ ޕޮލިހަށް ގެންދަނީ
އިދިކޮޅު އެމްޑީޕީން މިހާރު ކޮންމެ ރެއަކު ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން މަކުނުދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު, މުހައްމަދު ރާއީ އާއި އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު, މޫސާ އަލި މަނިކު (މޫކޭ) ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
Advertisement

މޫކޭއާއި ރާއީ މާދަމާ މެންދުރު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން އަންގާ ވަނީ ޗިޓް ފޮނުވާފައެވެ. އެ ދެބޭފުޅުންގެ މައްޗަށް ކުރަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފުވުމުގެ ތުހުމަތެވެ. 

" 2025 މާޗު 9 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފަށް މާލޭގެ އެކި ސަރަހައްދުގެ މަގުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކޮށް، އާންމު ދަތުރުފަތުރު ކުރުމަށާއި އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކަތްތެރިވެ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ތުހުމަތު ކުރެވޭތީ ސުވާލުކޮށް ބަޔާން ނެގުމަށް," ފުލުހުން ފޮނުވި ޗިޓުގައި ބުނެފައިވެއެވެ.

އިދިކޮޅު އެމްޑީޕީން ސިލްސިލާކޮށް މުޒާހަރާކުރަމުން އަންނަނީ ފްލެޓު ލިސްޓުން ގިނަ ބަޔަކު އުނިކުރި ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑުއުފުުމުގެ ގޮތުންނެވެ. 

އެމްޑީޕީން ކުރަމުން އަންނަ މުޒާހަރާތަކުގައި އިއްޔެ ރޭ ވަނީ ދެމީހަކު ހައްޔަރުވެސް ކޮށްފައެވެ. އެހެންނަމަވެސް އޭގެ އޭގެ އަނެއް ދުވަހު އެމީހުން ވަނީ ދޫކޮށްލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް