
މެޓް އޮފީހުން މިއަދު އާއްމުކުރި ސެޓްލައިޓް ފޮޓޯ
ރާއްޖޭގެ ބޮޑުބަޔަކަށް މިއަދު ބޯކޮށް ވާރޭވެހޭނެ، ޔެލޯ އެލާޓް
މުހައްމަދު އާދަމް އަހްމަދު
12 މާރޗް 2025 - 09:34:17
ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭވެހޭނެތީ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.
އެލާޓް ނެރެފައިވަނީ ހދ އަތޮޅުން ފެށިގެން ވ. އަތޮޅުގެ ނިޔަލަށެވެ. މި އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 13:30 އާއި ހަމައަށެވެ. މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ގުގުރުމާއި އެއްކޮށް ބޯކޮށް ވާރޭ ވެހޭނެކަމަށް މެޓް އޮފީހުން ބުނެއެވެ.
މެޓު އޮފީހުން މިއަދު އާއްމުކުރި ސެޓުލައިޓު ފޮޓޯއިން ފެންނަނީ ދެކުނު ތިން އަތޮޅު ފިޔަވައި އެހެން އަތޮޅުތަކުގެ މަތީގައި ބޯކޮށް ވިއްސާރަ ވިލާ އުފެދިފައިވާތަނެވެ.
މެޓް އޮފީހުން ބުނީ މި ދެދުވަހު ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް