ads
މުޅި ރާއްޖޭގައި 5 މިލިޔަން ގަސް އިންދުމަށް ސަރުކާރުން ފަށާފައިވާ ޕްރޮގްރާމްގައި މިފްކޯ އިން ބައިވެރިވުން
ރުއްގަހުގެ ދަތިކަން ހައްލުކުރުމަށް އަރިޔަދޫގައި ހާއްސަ މަރުކަޒެއް ގާއިމުކުރަނީ
ރާއްޖޭގައި މިވަގުތު ހުރި ރުއްތަކަކީ އުމުރުން ވަރަށް ދުވަސްވީ ރުއްތަކަކަށްވުމާއެކު، ރުއްގަހުގެ ދަތިކަން ހައްލުކުރުމަށް އދ. އަރިޔަދޫގައި "ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރ" އެއް ގާއިމުކުރަން ސަރުކާރުން ނިންމައިފިއެވެ.
Advertisement

މިކަން ނިންމީ މިދިޔަ އާދިއްތަ ދުވަހު ބޭއްވުނު މިނިސްޓަރުންގެ މަޖިލީހުގެ ޖަލްސާގައެވެ.

އަރިޔަދޫ އަކީ ދަނޑުވެރިކަމާއި ދިރޭތަކެތީގެ މިނިސްޓްރީގެ ރަށެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން، އެރަށުގައި ގާއިމުކުރާ މި މަރުކަޒުން ދިވެހިރާއްޖޭގައި ހެދޭ މަތިވަރާއި ފެންވަރު ރަނގަޅު ރުކުގެ ނާސަރީތަކެއް ގާއިމުކޮށް، ރުކުގެ ސެޓިފައިޑް ތަފާތު މުޑުވައްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަށްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރެވޭނެއެވެ. އަދި ހޭޅިފަށުގައި ހެދޭ ގަސްގަހާގެހި އާލާކުރުމަށާއި ކާނާގެ ޔަގީންކަން ގާއިމުކުރުމަށްޓަކައި ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ތަފާތު މުޑުވައްތައްވެސް އެރަށުގައި އުފައްދާނެކަމަށް ދަނޑުވެރިކަމާއި ދިރޭތަކެތީގެ މިނިސްޓްރީން ބުނެއެވެ. 

އަރިޔަދޫގައި ގާއިމުކުރާ މަރުކަޒުގައި ރުއްތަކަށް ޖެހޭ ބަލިތައް ދެނެގަނެ، މިކަމުގެ ހައްލު ހޯދުމުގެ މަސައްކަތަށް މަގުފަހިވާ އެޑެޕްޓިވް ރިސާޗް މަސައްކަތްތައްވެސް ފަށާނެއެވެ. މީގެ އިތުރުން ރުކަށް ޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމަށް ބޭނުންކުރާނެ ބައޮލޮޖިކަލް ކޮންޓްރޯލް (ފައިދާހުރި ދިރޭ ސޫފާސޫފި އަދި ފަނިފަކުސާ) އާލާކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދާނެކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެތީގެ މިނިސްޓްރީން ބުނިގޮތުގައި މި ސެންޓަރު ހެދުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމަށްޓަކައި ފޮރިން އިންވެސްޓްމަންޓަށް ހުޅުވާލާނެއެވެ. އަދި ރަށް މެނޭޖްކުރުމުގެ ހަރަދުވެސް މީގެތެރެއިން ހޯދަން ހަމަޖެހިފައިވެއެވެ. މި މަޝްރޫއުގެ ސަބަބުން ރުކުގެ ބާވަތްތައް ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބި، ކާނާގެ ޔަގީންކަން އިތުރުވެގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް