
ނަރީސް ވިދާޅުވީ ޑެޕިއުޓީ މޭޔަރުކަމުން އިސްތިއުފާދެއްވީ ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތްކުރަން ފުރުސަތު ލިބުމާއި ގުޅިގެންކަމަށެވެ. އެހެންނަމަވެސް އޭނާ ދެން ގުޅިވަޑައިގަންނަވަނީ ސަރުކާރުގެ ކޮން އިދާރާއަކާއި ކަމެއް ވިދާޅެއްނުވެއެވެ.
ނަރީސްގެ އިސްތިއުފާ ސިޓީ އޭނާ ވަނީ ސޯޝަލް މީޑިއާގައި އާއްމުކުރައްވާފައެވެ. ނަރީޝްގެ އިސްތިއުފާގެ ސިޓިގައި އޭނާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފައެވެ. ނަރީޝްގެ ސިޓީގައި ވިދާޅުވީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުކަމުގައި ހޭދަކުރި ދުވަސްވަރަކީ އެނާގެ ވަޒީފާގެ ހަޔާތުގައި ހޭދަކުރި އެންމެ އުފާވެރި ދުވަސްތައްކަމަށެވެ. އަދި އެއީ އޭބާގެ ސަހްޝިއްޔަތު ބިނާކުރަން ލިބުނު ރަނުގެ ފުރުސަތެއްކަން ފާހަގަކޮށް ރައީސް ޑރ، މުހައްމަދު މުއިއްޒަށް ވަނީ ތައުރީފުކުރައްވާފައެވެ.
ނަރީޝް މާލޭގެ ޑެޕިއުޓީ މޭޔަރު ކަމަށް ނަރީސް އިންތިހާބުވީ 19 ކައުންސިލަރުންގެ ތެރެއިން 12 ކައުންސިލަރުންގެ ވޯޓުންނެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރުކަން ނަރީޝަށް ލިބިވަޑައިގަތީ ޕީޕީއެމްގެ އެތެރެއިން ނެގި ވޯޓުގައި އެންމެ ވޯޓަކުން ކުރި ލިބިގެންނެވެ. އޭނާއާ ވާދަކުރީ މިހާރުގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު އާއި ވިލިމާލޭގެ ކައުންސިލަރު ނަހުލާ އަލީއެވެ. ނަރީޝަށް ފަސްވޯޓް ލިބިވަޑައިގެންނެވިއިރު ސުޖާއުއާި ނަހުލާއަށް ލިބިވަޑައިގަތީ ކޮންމެ ބޭފުޅަކަށް ހަތަރު ވޯޓެވެ.