ads
ރަސްދޫ
އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިން ވެންޓިލޭޓަރުގައި
އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ފިހުނު 31 އަހަރުގެ ދެމަފިރިންގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، މިވަގުތު ދެމީހުންނަށްވެސް ފަރުވާދެމުން ގެންދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
Advertisement

މި މަހުގެ 24 ވަނަ ދުވަހުގެ ރޭ 11:15 ހާއިރު އެ ދެމަފިރިން ދިރިއުޅެމުން ދިޔަ ގޭގެ ކޮޓަރީގައި ހިނގި އަލިފާނުގެ ހާދިސާގައި ދެމީހުން ވެސް ބޮޑަށް ފިހުނު ކަމަށާއި، ދެމީހުންގެ ހާލަތު ސީރިއަސްވުމާ ގުޅިގެން މިވަގުތު ދެމީހުން ވެސް ވަނީ އައިސީޔޫއަށް ބަދަލުކޮށްފައި ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. 

އެ ދެމަފިރިންގެ ފަސް އަހަރުގެ ތުއްތު ދަރިފުޅެއް ހުރެއެވެ، ނަމަވެސް އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ ކުއްޖާ ކޮޓަރީގައި ނޫޅޭ ކަމަށް ވެއެވެ. 

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވާ ކަމަށާއި، މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން މީޑިއާއާ ހިއްސާކުރި މައުލޫމާތުގައި ބުނެފައިވަނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ދެމީހުން ޒަހަމްވެ، ފަރުވާ ދިނުމަށް މާލެ ގެނެސްފައިވާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ލިބުމުން ހާމަކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް