ބޭނުންވާ ތަކެތި:
2 ޖޯޑް ވެނީލާ އައިސްކުރީމް (ކޮންމެ ތަށްޓަކަށް 1 ސުކޫޕް)
4 ދޮންކެޔޮ
4 ޖޯޑް ޕައުޑަރ ކިރު
500 މލ ފެން
1 ޖޯޑް ހަކުރު
ތައްޔާރުކުރާނެގޮތް:
ފުރަތަމަ މިކުސަރަށް ދޮންކެޔޮ، ކިރު، ހަކުރު އަދި ފެން އަޅައިގެން ރަނގަޅަށް ހުރިހާ އެއްޗެއް މިކުސް ކޮށްލާށެވެ. އެއަށް ފަހު ޖަގަކަށް އޮއްސާލާފަ އޭގެ ތެރެއަށްދެ ސަމުސާ އައިސް ކުރީމް އަޅާލާފަ ދެ ގަޑި އިރު ފިނިކޮށްލަން އައިސް އަލަމާރީގަ ބަހައްޓާށެވެ.
އަދި ފިނިވިމުން ނަގާ ފަހަރަކު ބިއްލޫރި ތައްޓަކަށް އަޅާށެވެ. އަދި ކޮންމެ ތައްޓެއްގެ މައްޗަށް އެއް ސުކޫޕް ވެނީލާ އައިސް ކުރީމް އަޅާލާއިގެން ބޮއިލާށެވެ.
މައްޗަށް ކުޑަ ކެޝޫނަޓް ކޮޅެއްވެސް ބޭނުންނަމަ ބުރުވާލާށެވެ. އޭރުންވެސް މި މިލްކްޝޭކް އިތުރަށް ފުރިހަމަ ވާނެއެވެ.