
އޭނާ މިހެން ވިދާޅުވީ މަރުކަޒީ ބޭންކް، އެމްއެމްއޭއިން 14 ބިލިއަން ރުފިޔާއަށް ހުޅުމާލެއިން ބިމެއް ގަތުމަށް ނިންމާފައިވާ ވާހަކަތައް ދީފާއު ކުރައްވާ ރައްޔިތުން މަޖލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުންނެވެ.
އެމްއެމްއޭއިން ބިމެއް ގަންނަން ނިންމާފައިވާތީ އެކަމާއި ގިނަ ބަޔަކު ދާނީ ފާޑުކިޔަމުންނެވެ. އަދި އެއީ ރައީސް ޑރ. މުހައްމަދު ރިޔާސީ ވައުދާ ހިލާފުވެޑައިގަތުންކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
މޮމެޓީގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މިއަހަރު ނިމޭއިރު ދަރަނި 9.3 ބިލިއަން ރުފިޔާއަށް ކުޑަކުރަން ސަރުކާރުން އަމާޒު ހިފާފައިވާކަން މަޖިލިހަށް އަންގާފައިވާކަމަށެވެ، އަދި އެ އަމާޒުން ކައްސާލާނެ ކަމެއް ސަރުކާތުން ނުކުރާކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
އިތުރަށް ސަރުކާރުން ފައިސާ ނެރުނަސް ނެރޭގޮތް ވިދާޅުވަމުން ނާޒިމް ވިދާޅުވީ ދަރަނި ދެއްކުމުގެ ސަބަބުން ދައުރުވާ ފައިސާއިން މަދުވާ ރުފިޔާގެ އިތުރަށް މި ސަރުކާރުން ފައިސާ ނުނެރޭނޭކަމަށެވެ. އަދި އެ އަދަދަށް ވުރެ އިތުރަކަށް ސަރުކާރަކުން އިގްތިސާދަށް ފައިސާ ނުނެރޭނެކަން އެއީ ޔަގީންކަމެއްކަމެއްކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
އެމްއެމްއޭއިން ބިމެއް ގަންނަ އުޅޭ ވާހަތަކަށް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އެމްއެމްއޭން އެއްފަހަރާ 14 ބިލިއަން ރުފިޔާ ދީގެން ބިމެއް ނުގަންނާނެ ކަމަށެވެ.
ހުޅުމާލޭގައި އޮތް ބޮޑު ބިމެއް އެޗްޑީސީއަތުން އެމްއެމްއޭ މެދުވެރިކޮށް ގަންނަން ތައްޔާރުވަމުން އަންނަކަމަށާއި މިކަމުގެ މަޝްވަރާތައް އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީއާ ދެމެދު ކުރަމުން އަންނަކަންވެސް ވަނީ އެނގިފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ފައިސާ ޗާޕުނުކުރާނެކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި ވެރިކަމަށް ވަޑައިގެން އެކި ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ އަދިވެސް އެނޫން އެހެން ބައެއް މުނާސަބަތުގައިވެސް އެމަނިކުފާނު ވަނީ ފައިސާ ޗާފު ނުކުރައްވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަފި އެކަން ނުކުރައްވާ އިގްތިސާދީ ގޮތުން ބޮޑެތި ކާމިޔާބީތަކެއް ހޯދެއްވިކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.