ސިވިލް ސާވިސް ކޮމިޝަން ގެ މެމްބަރުކަމަށް ކުރިމަތިލާން ރައީސް އޮފީހުން ހުޅުވާލާފައި މިވަނީ އެ ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު އިއްޔެ މަގާމުން އިސްތިއުފާދެއްވުމުންނެވެ.
ރައީސް އޮފީހުން ބުނީ ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 19ވާ ބުދަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. މެމްބަރުކަމަށް އެދި ކުރިމަތިލާ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށްް ރައީސް އޮފީހުން ބުނެއެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް އިބްރާހިމް ރަޝީދު މަގާމުން އިސްތިއުފާދިނީ އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ހޯމަ ދުވަހުން މަޖިލީހުން ފެށުމުންނެވެ.