
ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.6 ޕަސަންޓުގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 478,416 ޓޫރިސްޓުންނެވެ. މި އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7,146 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރަމުންދެއެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 63,478 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، އިނގިރޭސިވިލާތުން 50,773 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ. ތިންވަނައަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިން ކަމަށްވާއިރު، އެ ގައުމުން 50,620 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ. މީގެ އިތުރުން އިޓަލީ، ޖަރުމަނުވިލާތް، އިންޑިއާ، އެމެރިކާ، ފްރާންސް، ސްވިޓްޒަލޭންޑް އަދި ޕޮލޭންޑްއަކީވެސް ރާއްޖެއަށް ގިނަ ޓޫރިސްޓުން ޒިޔާރަތްކުރާ ގައުމުތަކެވެ.
ރާއްޖޭގައި މިހާރު ޓޫރިސްޓުންނަށް ހިދުމަތްދިނުމަށް 1,182 ތަނަކަށް ހުއްދަ ދީފައިވާއިރު، މީގެ ތެރެއިން މިވަގުތު 1,178 ތަނަކުން ހިދުމަތް ދެމުން ގެންދެއެވެ. އޭގެތެރޭގައި 175 ރިސޯޓާއި، 15 ހޮޓަލާއި، 831 ގެސްޓްހައުސްގެ އިތުރުން 157 ސަފާރީ ހިމެނެއެވެ.