ބޭނުންވާ ތަކެތި:
3 ބިސް
1 ލާހި ފުށް
2 ސައިސަމުސާ ހަކުރު
2 ސައިސަމުސާ ބޭކިން ޕައުޑަރ
½ ދަޅު ގެރި ކިރު (ޑަބަލް ޕީޗް)
1 ސައިސަމުސާ އެސެންސް (ވެނީލާ)
ތައްޔާރުކުރާނެގޮތް:
ފުރަތަމަ ފުށް ލާއްސެއް ބޯތަށްޓަކަށް އަޅާލާށެވެ. ދެން ބިހާ ހަކުރު ކޮޅު އަދި ބޭކިން ޕައުޑަރ ކޮޅު އަޅާލާފަ އެއަށް ގެރިކިރު ދަޅު އަޅާލާފަ އެސެންސް ކޮޅާ ފެން ފޮދު އަޅާލައިގެން ފުށް ކޮޅު ދިޔާ ނުވާނެހެން ގިރާލާށެވެ.
މިހާރު މިހުރީ ހުރިހާ އެއްޗެއް ގިރާ ނިމިފަ އެވެ. އެއަށްފަހު އުނދުން މައްޗަށް ތަވައެއް އުދާފަ އޭތި ހޫނު ވީމަ ދެންމެ ގިރި ފުށްކޮޅު ފަހަރަކު ސަމުސަލެއް އަޅާ ފޮޅި ފިހާ ގޮތަށް މަޑު ގިނީގައި ފިހެލާށެވެ.
މިއީ ރޯދަ ވީއްލާ ގަޑި އަދި ތަރާވީސް ގަޑީގަވެސް ކާލަން ވަރަށް މީރު ވަރަށް ފަސޭހައިން ތައްޔާރުކުރެވޭ ފޮނި އެއްޗެކެވެ.