
އެކަން ހާމަކުރީ ރައީސް އޮފީހުން މިއަދު އާންމުކުރި އިއުލާނެއްގަ އެވެ.
ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު މި ބަދަލު ގެންނެވީ ގާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ރާއްޖޭގައި އިންޓަނޭޝަނަލް ފައިނޭންޝަލް ސެކްޓަރެއް ތަރައްގީކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ކޮށްފައިވާ ދިރާސާތަކުން، އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތަކުން ހިންގާ މާލީ ހަރަކާތްތައް ރެގިއުލޭޓުކުރުމުގެ މަސައްކަތްތައް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ދަށުން ހިނގާ ވަކި އިދާރާއަކުން ކުރުމަށް ދެއްވާފައިވާ ލަފާގެ މަތިން ކަމަށެވެ.
ރާއްޖޭގައި އިންޓަނޭޝަނަލް ފައިނޭޝަލް ސެންޓަރުތައް ގާއިމުކުރަން މި ސަރުކާރުން އުފައްދަން ވައުދުވި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އުފެއްދީ މިދިޔަ އޭޕްރީލް މަހު އެވެ. އެ ތަނުގެ ޗެއާޕާސަނަކީ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ.