ads
1445 ވަނަ އަހަރު ހައްޖަށްދާ ދިވެހިންގެ ފުރަތަމަ ގްރޫޕް ފުރުމުގެ ތެރެއިން
ހައްޖަށް ދާން ހޮވުނީ އަސްލު ފަގީރުންތޯ ބަލަނީ
މި އަހަރު ދައުލަތުގެ ހަރަދުގައި ހައްޖަށް ގެންދަން ހޮވުނު މީހުންނަކީ އަސްލުވެސް ހަމަ ފަގީރުންތޯ ބަލަމުން އަންނަކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
Advertisement

ދައުލަތުގެ ހަރަދުގައި މި އަހަރު ހައްޖަށް ގެންދާނެ 50 މީހުން ހޮވާ އެ މީހުން ވަނަވަރު މިނިސްޓްރީން ވަނީ އާއްމުކޮށްފައެވެ. މި މީހުން ހޮވާފައިވަނީ ފަގީރުންގެ ދަފްތަރުގައި ތިބި މީހުންގެ ތެރެއިން ހައްޖަށް ދާ އުސޫލަށް ޝަރުތު ހަމަވި 302 މީހުންގެ މެދުގައި ނެގި ގުރުއަތަކުންނެވެ. 

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ ސަރުކާރުގެ ހަރަދުގައި ހައްޖަށް ދާން ފަގީރުންގެ ދަފްތަރުން ހޮވޭ ފަރާތްތައް ހައްޖަށް ފޮނުވާނީ އިތުރަށް އެމީހުންގެ ހާލަތު ބަލާފައިކަމަށެވެ. އަދި އެމީހުންނަކީ ފަގީރުންގެ ޝަރުތައް ފެތޭކަން ކަށަވަރުކުރާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. 

" މިގޮތުން އެއާ ހިލާފަށް އޮޅުވާލައިގެން މައުލޫމާތު ދީގެން ދަފްތަރުގައި ޖެހިފައިވާ ކަން ސާބިތުވެއްޖެ ނަމަ ހައްޖުގެ ފުރުސަތު ގެއްލޭނެ." މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

މިދިޔަ އަހަރު ހައްޖަށް ފޮނުވި ފަގީރުންގެ ތެރޭގައި އެއަށް ވުރެ ތަނަވަސްމީހުން ތިބުމުން އެކަމުގެ ފާޑުކިޔުންތައް  ސަރުކާރަށް އަމާޒުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް