ads
ބަންދާރަ މިސްކިތް 1979 ގައި ފެންނަ ހުރިގޮތް
ވޯރާވެރިން ފައިބަންދެން ދިވެހިނަށް ނޭރުނު މިސްކިތް
މީ މާފަންނު އޯކިޑްމަގާއި ހުސޭނީގޯޅި ގުޅޭ ހުޅަނގު ކަންމަތީގައި ހުންނަ މިސްކިތެވެ. މިހާރުގެ ގޮތުން ބުނާނަމަ އެސްޓީއޯ ސުޕާމާކެޓްގެ ހުޅަނގު ކަންމަތީގައި ހުރި މިސްކިތެވެ.
Advertisement

މި މިސްކިތް ބިނާ ކުރީ މީލާދީން 1927 ވަނަ އަހަރު އެވެ. މީ އޭރު ރާއްޖޭގައި ވިޔަފާރިކުރަން އުޅުނު ވޯރާ ވިޔަފާރިވެރިން ބިނާކުރި މިސްކިތެކެވެ. 

މި މިސްކިތަށް ކުރިން ކިޔާ އުޅުނީ ބަންޑާރަ މިސްކިތެއް ނޫނެވެ. އޭރު މި މިސްކިތަށް އެންމެ ކިޔާ އުޅުނީ "ބުންބާ މިސްކިތް" މި ނަމުންނެވެ. 1927 ގައި މި މިސް އިމާރާތްކުުމަށްފަހު 12 ޖެނުއަރީ 1967 ވަނަ ދުވަހާއި ޖެހެންދެން ބޭނުން ކުރަމުން ދިޔައީ ނުވަތަ ހާއްސަވެފައި އޮތީ ވޯރާ މީހުން ނަމާދުކޮށް ހެދުމަށެވެ. 

އެ ދުވަސްވަރު މި މިސްކިތުގެ ގޯތިތެރެރޭގައި ވަރަށް ދޭސީ ގޮތަކަށް ޓިނުން ހަދާފައި މުއްލާ ދިރިއުޅޭނެ ތަނަކާއި އަދިވެސް މި ފާޑުގެ ބައެއް ތަންތަން ހުރިކަމަށްވެއެވެ. 

މާލޭގައި އުޅުނު ވޯރާއިން ރާއްޖެ ދޫކޮށް ގޮސް މި މިސްކިތް ބޭނުންނުކޮށް ހުންނަ ފެށުމުން ދައުލަތުން ނިންމެވީ އެތަނަކީ އާއްމުކޮށް ނަމާދުކޮށް އުޅޭ ތަނެއްގެ ގޮތުގައި ހަދާ އަލުން ހުޅުވުމަށެވެ. އެ ގޮތުން އެ މިސްކިތުގެ ގޯތިތެރޭގައި ދިރިއުޅުމަށް ހަދާފައިވާ ތަންތަން ރޫޅާލިއެވެ. މި މަސައްކަތް ފެށީ 1966 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.  

މި މަސައްކަތް ނިންމާ އާއްމުކޮށް މިސްކިތް ހުޅުވާލީ 12 ޖެނުއަރީ 1967 ގައެވެ. މިސްކިތް ހުޅުވާދެއްވީ ފަޝީލަތުއް ޝައިހް މުހައްމަދު ޖަމީލް އުއްތަމަ ފަނޑިޔާރު މަނިކުފާނެ އެވެ. 

މި މިސްކިތުގައި ހުކުރު ކުރަން ފެށީ އަދި އޭގެ ފަހުން އަހަރެއްވާން ގާތްވަނިކޮށެވެ. މިސްކިތުގައި ހުކުރުކުރަން ފެށީ 7 ޑިސެމްބަރު 1968 ގައެވެ. 

މިސްކިތުގައި ލައުޑް ސްޕީކަރު ސިސްޓަމެއް ބެހެއްޓީ 9 ފެބަރުއަރީ 1979 ގައެވެ. އެ ލައުޑް ސްޕީކަރު ސިސްޓަމަކީ ލީބިއަން އަރަބި ހާރިޖިއްޔާއިން މާލޭގައި ހުންނަ އެމްބަސީން ހަދިޔާކުރެއްވި އެއްޗެކެވެ. 

މި މިސްކިތަށް ބަންޑާރަ މިސްކިތް މި ނަމުން ނަންދިނީ އާއްމުންނަށް މިސްކިތް ހުޅުވާލި ދުވަހުން ފެށިގެންނެވެ. މި މިސްކިތަށް ބަންޑާރަ މިސްކިތް މި ނަން ދިނުމުގެ ކުރިންވެސް މާފަންނުގައި އެ ނަންދެވިފައިވާ މިސްކިތެއް ހުއްޓެވެ. އެ މިސްކިތް ހުރީ މިހާރު ބަނޑާރަ މިސްކިތް ފެންނަން އެހަރަ ކަންމަތި ނޫން އެ މަގުގެ އިރު ކަންމަތީގައެވެ.

ބުންބާ މީހުންނަށް މި މިސްކިތް ބިނާކުރަން ދިން ދުވަސްވަރު ބިން ކުޑަވެގެން ކުރިން ބަންޑާރަ މިސްކިތުން ނަމުން ނަދްދެވިފައިވާ ހުރި މިސްކިތް ހުރި ބިމުން އެ ބިމުގެ ބައެއް ދިނުމަށް އެމީހުން  ދައުލަތުގެ އެދުނެވެ. އެހެންކަމުން ދައުލަތުން ވަނީ އެ ބިންވެސް މި މިސްކިތާއި އެއްކުރަން ދީ ދެ މިސްކިތް ހުރި ބިން ވަނީ އެއްކޮށްލާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް