
މިކަމުގެ އެއްބަސްވުމުގައި މި ދެ ކުންފުންޏާއި އެކު ސޮއިކުރުމުތެ ރަސްމިއްޔާތު މިއަދު ވަނީ އިސްލާމީ މަރުކަޒުގައި ބާއްވާފައެވެ. މި އެއްބަސްވުންތަކުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑީސީޕީ (ރޓޑ) އަހްމަދު ސައުދީއެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މޭޖާ (ރޓޑ) މުހައްމަދު ނަޖާހުއެވެ.
މި އެއްބަސްވުންތަކުގެ ދަށުން ށ. ފޯކައިދޫ އިސްލާމީ މަރުކަޒަކާއި 11 މިސްކިތަކާއި ގުރުއާނާއި ބެހޭ މަރުކަޒުގެ 2 ގޮފި އިމާރާތްކުރަން ވަނީ ހަމަޖެހިފައެވެ. މީގެތެރޭއިން 11 މަޝްރޫއު ހަވާލުކުރީ ފެނަކަ ކޯޕަރޭޝަނާއި އެވެ. އެމްޓީސީސީއާ ހަވާލުކުރީ ތިން މަޝްރޫއެކެވެ.
ފެނަކައާ ހަވާލުކުރި މަޝްރޫއުތައް
- ލ. މާބައިދޫގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފި އިމާރާތްކުރުން
- ޅ. އޮޅުވެލިފުށީގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފި އިމާރާތްކުރުން
- ށ. ފޯކައިދޫ އިސްލާމީ މަރުކަޒު އިމާރާތްކުރުން
- ތ. ހިރިލަންދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުން
- ސ. ފޭދޫ ހިއްކި ސަރަޙައްދުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުން
- ނ. ހެނބަދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުން
- ތ. ވޭމަންޑޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުން
- ރ. އިނގުރައިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުން
- ހދ. ނެއްލައިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ތަރައްގީކުރުން
- ށ. ނޫމަރާގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުން
- ބ. ކުޑަރިކިލުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުން
އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުތައް
- ހއ. ބާރަށުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުން
- ބ. މާޅޮސް 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުން
- އއ.ފެރިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުން
ފުލުހުންގެ 75 މަރުކަޒެއް އަޅަންވެސް މީގެ ދެ ދުވަސް ކުރިން ސަރުކާރު ހިއްސާވާ ތިން ކުންފުނިކަމަށްްވާ އެމ.ްޓ.ީސ.ީސ، އާއި ފެނަކަ އަދި އާރ.ްޑ.ީސީ އާ ވަނީ ހަވާލުކޮށްފައެވެ.
އެގޮތުން އާރ.ްޑ.ީސީ އާ ވަނީ ފުލުހުންގެ 20 މަރުކަޒެއް އަޅަން ހަވާލުކޮށްފައެވެ، އެމ.ްޓ.ީސ.ީސީއާ ހަވާލުކުރީ 15 މަރުކަޒެއް އަޅާށެވެ. އަދި ފެނަކައިން 40 މަރުކަޒެއްް އަޅަން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.