ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އައިޖީއެމްއެޗް ހޮސްޕިޓަލް
8 މަހުގެ ތުއްތު ކުއްޖަކު މަރުވުން، އައިޖީއެމްއެޗްގެ ދިފާއު!
އައިޖީއެމްއެޗުގެ އިހުމާލަކުން މަރުވި ކަމަށް އާއިލާއިން ތުހުމަތު ކުރާ އަށް މަހުގެ ތުއްތު ކުއްޖާގެ ހާލަތު އެ ހޮސްޕިޓަލުން ގެންދިޔައީ ބަރާބަރަށް މޮނިޓާކޮށް އެވަގުތަށް ދެވޭނެ ފަރުވާ ވެސް ދެމުން ކަމަށާއި ބައެއް ބަލިތަކުގައި ކުއްލިއަކަށް ހާލަތު ނުރައްކާވެދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
Advertisement

އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެ މަރުވީ, ގދ. ތިނަދޫ, އަލަމާވިލާ, އެންމެ އަށް މަހުގެ, ޔޫނުސް ހުސައިން އަބްދުﷲއެވެ. ޔޫނުސްގެ އާއިލާއިން ތުހުމަތު ކުރަނީ އެކަށީގެންވާ ފަރުވާ ނުދީ, އަދި ކުއްޖާގެ ހާލަތު އާއިލާއަށް ބުނެ ނުދީ ސިއްރުކޮށްފައި ވަނިކޮށް އެ ކުއްޖާ މަރުވީ ކަމަށެވެ.

އެ މައްސަލާގައި ހޮސްޕިޓަލުން މިރޭ ނެރުނު ބަޔާނުގައި ބުނީ ސިއްހީ ފަރުވާއާ ގުޅޭ ގޮތުން ހޮސްޕިޓަލަށް ހުށަހެޅޭ ކޮންމެ ޝަކުވާއަކީ އަދި ބަލި މީހުންގެ ފަރާތުން ކަންބޮޑުވުމެއް އޮތްކަން އެނގޭ ނަމަ، އެކަންކަން ސީރިއަސް ކަމެއްގެ ގޮތުގައި ބަލާ ކަމަށެވެ.

އައިޖީއެމްއެޗުން ބުނީ އެ މައްސަލާގައި މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި ނިޔާވި ކުއްޖާގެ ބަލީގެ ހާލަތު ހުރި ގޮތުން ކުޑަކުދިންގެ ޑޮކްޓަރުންގެ ޓީމުން ގާތުން މޮނިޓާކޮށް، އެވަގުތު ދެވެން އޮތް ފަރުވާދީ، ގުޅުން ހުރި ލެ އާއި އެހެނިހެން ތަހުލީލުތައްކޮށް ފަރުވާއަށް ގެންނަން ޖެހޭ ބަދަލުތައް ދިޔައީ ގެންނަމުން ކަމަށެވެ.

"ތުއްތު ކުއްޖަކަށް ނުވަތަ ބޮޑު މީހަކަށްވެސް ޖެހޭ ހުމެއް ނުވަތަ އިންފެކްޝަނަކާ ގުޅިގެން ދިމާވާ އިތުރު އެހެން ނުރައްކާތެރި ބައެއްކަންކަމަކީ ފުރާނައަށްވެސް ގެއްލުންވެދާނެ ފަދަ އަދި ސިއްހީ ފަރުވާގައި ދުރާލާ ދެނެގަންނަން އުނދަގޫ ކަމެއް. އަދި އެފަދަ ބައެއް ބަލިތަކުގައި ކުއްލިއަކަށް ހާލަތު ނުރައްކާވެދާނެ ފަހަރުވެސް ދިމާވެދާނެ" އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ވެއެވެ.

ފަރުވާދިނުމުގައި ހޮސްޕިޓަލުން އަމަލުކުރާ ގޮތުގެ ތަފްސީލު ދެމުން އައިޖީއެމްއެޗުން ބުނީ އައިސީޔޫގައި ފަރުވާދެން ޖެހޭ ކަމަށް ޑޮކްޓަރުން ލަފާދޭނަމަ، އެކަން ހަމަޖެއްސުމަށް ޑޮކްޓަރުންގެ ޓީމުން މަސައްކަތްކުރާ ކަމަށެވެ. އެ ހޮސްޕިޓަލުގެ އައިސީޔޫ ފުރިފައިވާ ނަމަ، އެހެން ހޮސްޕިޓަލެއްގެ އައިސީޔޫއަށް ޓްރާންސްފާކުރުމުގެ އިންތިޒާމު ވެސް ހަމަޖައްސާ ކަމަށެވެ.

އަދި އެފަދަ ކޮންމެ ހާދިސާއެއް ދިމާވުމާއެކު ހޮސްޕިޓަލުގެ އެތެރޭގައި ތަހުގީގެއް ކުރެވި ހިދުމަތްތަކާއި ފަރުވާ އިތުރަށް ރަނގަޅުކުރެވިދާނެ ގޮތްތައް ދެނެގަނެވޭކަމަށެވެ. އަދި 8 މަހުގެ ތުއްތު ކުއްޖާ ނިޔާވި މައްސަލަވެސް އިތުރަށް ބަލަމުންދާކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ކުއްޖާގެ އާއިލާއިން ބުނީ، ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ރޯގާ ޖެހިގެން ފަރުވާ ހޯދުމަށް ކަމަށާއި، ނަމަވެސް ލިބުނު ފަރުވާގެ ސަބަބުން ކުއްޖާ ހުން އައިސް ހަށިގަނޑު ފުފުނު ކަމަށެވެ. އަދި ކުއްޖާ ހޮސްޕިޓަލަށް ވެއްދިތާ ފަސް ދުވަސް ވަންދެން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކު ނުބަލާ ކަމަށާއި، ލިވަރު ފެއިލްވުމުން ބޭރަށް ރިފާ ކުރުމަށް އެދުނުއިރު އާސަންދަ ހަމަޖެހުމުގެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ. އަދި ހޮސްޕިޓަލުގައި ކުއްޖާ އަށް ސީޕީއާރު ދިނުމުން ލޭ އައިސްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް