ads
އެމްއެމްއޭ މައި އޮފީސް
ލަންކާ ގޮތަށް ރާއްޖޭގެ ދަރަނި ވެސް ޑީފޯލްޓްވުމުގެ ބިރު އެބައޮތް: ރިޕޯޓު
ރާއްޖޭގެ ދަރަނީގެ ހާލަތު ދުވަހުން ދުވަހަށް ނާޒުކުވަމުން ދާއިރު، 2022 ވަނަ އަހަރު ސްރީލަންކާގެ ދަރަނި ޑީފޯލްޓްވި ގޮތަށް ރާއްޖޭގެ ދަރަނިވެސް ޑީފޯލްޓްވެދާނެކަމުގެ ބިރު އޮތްކަމަށް އިގުތިސާދީ ދިރާސާތަކުން ދައްކާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
Advertisement

ރާއްޖޭގައި މިވަގުތު 3.4 ބިލިއަން ޑޮލަރުގެ ބޭރު ދަރަނި އޮތްއިރު، އޭގެ ބޮޑުބައެއް އޮތީ ޗައިނާއާއި އިންޑިއާއަށެވެ. ޓޫރިޒަމަށް ބަރޯސާވާ ކުޑަ އިގުތިސާދަކަށް މިއީ ވަރަށް ބޮޑު އަދަދެއްކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. 

ސެޕްޓެމްބަރު 2024 ގައި ރާއްޖޭގެ ބޭނުންކުރެވޭ ބޭރު ފައިސާގެ ރިޒާވް 45 މިލިއަން ޑޮލަރަށް ވެއްޓިފައިވާކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރިޒާވްގެ އަދަދު އެއަށްވުރެ މައްޗަށް ގޮސް 492 މިލިއަން ޑޮލަރަށް އެރިއަސް، ކުރިއަށް އޮތް ދަރަނި އަދާކުރުމަށް އެއީ ފުދޭ އަދަދެއް ނޫނެވެ. 2025 ވަނަ އަހަރު 600 މިލިއަން ޑޮލަރު އަދި 2026 ވަނަ އަހަރު 1 ބިލިއަން ޑޮލަރު ދަރަނި އަދާކުރުމަށް ސަރުކާރުން ދައްކަންޖެހޭކަމަށް ރިޕޯޓުކޮށްފައިވެއެވެ. 

ސްރީލަންކާގެ ހާލަތާއި ރާއްޖޭގެ ހާލަތު އަޅާކިޔާއިރު، ސްރީލަންކާއިން 2022 ވަނަ އަހަރު 46 ބިލިއަން ޑޮލަރުގެ ބޭރު ދަރަނި ޑީފޯލްޓްވީ ބޭރު ފައިސާގެ ރިޒާވް ހުސްވުމުންނެވެ. އޭގެ ސަބަބުން ކާބޯތަކެއްޗާއި، ތެލާއި، ބޭސްފަރުވާގެ ދަތިކަން ފެނިގެންދިޔައެވެ. ކުޑަ އުފެއްދުންތެރިކަމާއި، އެކްސްޕޯޓްކުރާ ތަކެތި މަދުކަމާއި، އިމްޕޯޓަށް ބަރޯސާވުން ފަދަ ގޮންޖެހުންތައް ރާއްޖެއަށްވެސް ކުރިމަތިވެފައިވެއެވެ.

އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށް ރާއްޖެއިން އެކިއެކި ފިޔަވަޅުތައް އަޅަމުންދެއެވެ. މީގެތެރޭގައި ޓޫރިޒަމް ދާއިރާއަށް އާ ޓެކުހެއް ތައާރަފުކުރުމާއި، ޖީއެސްޓީ ނަގާ މިންވަރު އިތުރުކުރުން ހިމެނެއެވެ. އެއަރޕޯޓުން ފުރާމީހުންގެ އަތުން ނެގޭ ޓެކުހާއި، ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރުންވެސް މިފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ. ނަމަވެސް ދަރަނި ޑީފޯލްޓްވިޔަ ނުދިނުމަށް މިފިޔަވަޅުތައް ފުދޭނެކަމާމެދު ތަހުލީލުތަކުން ސުވާލު އުފައްދައެވެ.

ރާއްޖެއިން ދަރަނީގެ ހާލަތު ހައްލުކުރުމަށް ޗައިނާއަށް 200 މިލިއަން ޑޮލަރުގެ ބަޖެޓް ސަޕޯޓެއް ހޯދުމަށް އެދިފައިވީނަމަވެސް، އެއްބާރުލުމެއް ލިބިފައެއް ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ. ދަރަނި ރީފައިނޭންސްކުރުމަށާއި ކަރަންސީ ސުވެޕް އެއް ހޯދުމަށްވެސް ޗައިނާއަށް ހުށަހަޅާފައިވީނަމަވެސް އެކަން ކާމިޔާބުވެފައެއް ނުވެއެވެ. އިންޑިއާއިން 750 މިލިއަން ޑޮލަރުގެ ކަރަންސީ ސުވެޕް އެއް ދިނުމުން ވަގުތީ ލުޔެއް ލިބުނު ނަމަވެސް، އެއީ ކުރިއަށް އޮތް ދަރަނި އަދާކުރުމަށް ފުދޭ އަދަދެއް ނޫންކަމަށް ބެލެވެއެވެ. ގިއޯޕޮލިޓިކަލް ބަދަލުތަކާއެކު އިންޑިއާއާއި ރާއްޖެއާ ދެމެދު ގުޅުން ދަށަށް ދިއުމަކީވެސް އިގުތިސާދީ ގޮތުން ދަތިތަކަކާ ކުރިމަތިވާނެކަމެއްކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. 

25%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް