ads
ސީއެންއެމް ބަދިގެ: ޗިޕްސް ބޯކިބާ
"ސީއެންއެމް ބަދިގެ" އިން މިއަދު މި ގެނެސްދެނީ "ޗިޕްސް ބޯކިބާ" ތައްޔާރުކުރާނެ ގޮތެވެ.
Advertisement

ބޭނުންވާ ތަކެތި:

2 ދަޅު މަސް

1 ފިޔާ (ބޮޑު)

3 މިރުސް

1 ކޯޅި ހިކަނދިފަތް

1 ލުނބޯ

ތެލުލާފަހުރި ޕޮޓޭޓޯ ޗިޕްސް (ދިގު ކޮށް ކޮށާފަ ހުރި)

4 ޓޮމާޓޯ (ސުލައިސްކޮށް ކޮށާފަ)

4 ބިސް

ތައްޔާރުކުރާނެގޮތް: 

ފިޔާ މިރުސް ހިކަނދިފަތް ކޮށާފަ ލޮނުލާފައި ލުނބޯ ޖަހައިގެން ރަނގަޅަށް މޮޑެލާނީ އެވެ. ދެން ދަޅު މަސް ތައް އަޅާފައި ހުރިހާ އެއްޗެއް އެއްކޮށް މަސްކޮޅު މޮޑެލާނީ އެވެ. 

އޭގެ ފަހުން ތަވާގައި މާޖިރިން އުނގުޅާފައި ސްލައިސްޑް ޓޮމާޓޯ ލޭޔަރެއް އަޅާފައި އޭގެ މައްޗަށް ދެންމެ މޮޑުނު މަސްދަޅުން ލޭޔަރެއް އަޅާނީ އެވެ. 

އަނެއްކާވެސް ޓޮމާޓޯ އަޅާފައި ދެން ޗިޕްސް އަތުރާފަ އޭގެ މައްޗަށް މޮޑެލި ދަޅުމަހުގެ ލޭޔަރެއް އަޅާނީ އެވެ.

އޭގެ ފަހުން ގިރާލާފަ ހުރި ބިސް ތައް ތަވާގައި ހުރި ތަކެތީގެ މައްޗަށް މަތި ފޮރުވޭ ވަރަށް އަޅާލާނީ އެވެ.

ދެން އުނދުން މަޑުގިނީގައި ބަހައްޓައިގެން ތަވާގައި މަތި ޖަހައިގެން ފިހެލާނީ އެވެ. ދެފުން ރަނގަޅަށް ފިހެވުމުން ތަށްޓަކަށް ބޯކިބާ ނަގާ ހިހޫ ކޮށްލާށެވެ.

މިހާރު މިހުރީ ޗިޕްސް ބޯކިބާ ހަދާ ނިމިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް