ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ކެނެޑާގެ އާ ޕްރައިމް މިނިސްޓަރަށް ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި، ޕްރައިމް މިނިސްޓަރު ކަރނީގެ ވެރިކަމުގައި ކެނެޑާއަށް ހަމަޖެހުމާއި ފާގަތިކަން ލިބިގެންދާނެކަމުގެ ޔަގީންކަން ހާމަކުރައްވާފައިވެއެވެ.
ރައީސް މުއިއްޒު ފޮނުއްވި މެސެޖުގައި، ކެނެޑާގެ އާ ޕްރައިމް މިނިސްޓަރަށް ކާމިޔާބީއާއި ދުޅަހެޔޮ ސިއްހަތެއް އެދިވަޑައިގެންފައިވެއެވެ. އަދި ހަމައެއާއެކު ކެނެޑާގެ ރައްޔިތުންނަށް އަމަން އަމާންކަމާއި ކުރިއެރުން ލިބުމަށްވެސް ރައީސް މުޢިއްޒު އެދިވަޑައިގެންފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކެނެޑާގެ ވެރިކަމަށް ހަވާލުވެވަޑައިގަތް މާކް ޖޯސެފް ކަރނީއަކީ ކެނެޑާގެ 24 ވަނަ ޕްރައިމް މިނިސްޓަރެވެ. އޭނާއަކީ ކެނެޑާގެ މާލީ ދާއިރާގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރެއްގެ ގޮތުގައިވެސް ބެލެވެއެވެ.